ހިތާދޫ ޔޫތުވިންގ އިން ދީނީ ލައިވް އިވެންޓެއް ހިންގައިފި

ހިތާދޫ އޮންލައިން | 13 ނޮވެންބަރ 2020





ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވުން އިތުރު ކުރުމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ހިތާދޫ ޔޫތުވިންގ ޖަމިއްޔާއާއި ހިތާދޫ އިސްލާމިކް މޫވްމެންޓް (ހިމް) ގުޅިގެން ލައިވް އިވެންޓެއް ހިންގައިފިއެވެ

"ޢަލީ ރަމީޒާއި އެކު" ނަމުގައި ވާޗުއަލްކޮށް ކުރިއަށް ދިޔަ މި އިވެންޓުގައި އަލިއަޅުވާލީ ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ލަވަކިޔުން ހުއްޓާލި ގޮތާއިމެދުގައެވެ.

މި އިވެންޓުގައި މިކަމާގުޅިގެން އަލީ ރަމީޒާއި ސުވާލު ކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.

ހިތާދޫ ޔޫތުވިންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ މިއީ ހިތާދޫ އިސްލާމިކް މޫމަންޓާއި ހިތާދޫ ޔޫތުވިންގ އާއި ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެއްކަށާއި އަންނަ ބުރާސްފަރި ދުވަހުގެ ރޭވެސް މިއިންޓު ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށެވެ.

ހިތާދޫ އިސްލާމިކް މޫވްމަންޓް (ހިމް) އަކީ ބ. ހިތާދޫގެ ޒުވާން ކުދިންކޮޅެއް އިސްނަގައިގެން ރައްޔިތުންމެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ މަޢްލޫމާތު ފޯރު ކޮށްދިނުމަށް މަސައްކަތް ކުރާ ފޭސްބުކް ޕޭޖެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :