ވިޝާން އާއި ވިޝާހް ސަސް އަށް ސޮއި ކޮށްފި

އަޙްސަން އަޙްމަދު | 12 ނޮވެމްބަރ 2020

މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އަށް ޒުވާން ކޯލް ކީޕަރު ވިޝާން އަބުދުލް މަޖީދު އާއި އޭނަގެ ކޮއްކޮ ވިޝާހް އަބުދުލް މަޖީދު ސޮއި ކޮށް ފިއެވެ.

ވިޝާން އާއި ވިޝާހް ސަސް އަށް ސޮއި ކޮށް ފައި ވާނީ ތިން އަހަރުގެ އެބަސް ވުމެންގައެވެ.  މިދިޔަ  ތިން އަހަރު   ވިޝާން ފެނިގެން ގޮސްފައިވާނީ ގްރީން ސްޓްރީޓްސް އިންނެވެ. ވިޝާހް ފެނިގެން ގޮސްފައިވާނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ނެވެ.

ބ.ހިތާދޫ އަށް އުފަން ވިޝާން އާއި ވިޝްހް ބުނީ އުންމީދަކީ އެކުގައި ގައުމީ ޓީމަށް ކުޅެ ގައުމަށާ ހިތާދޫ އަށް ރީތި ނަމެއް ހޯދައި ދިނުމެވެ.

"އަހަރެމެން ދެމީހުންގެވެސް އުންމީދަކީ ގައުމީ ޓީމަށް އެކުގާ ކުޅެ ރާއްޖެ އަށާ އުފަން ރަށް ހިތާދޫ އަށް ރީތި ނަމެން ހޯދައިދިނުން"

ސަސް މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގެ ރަނަރަޕްގެ ގޮތުގައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިންއިރު ޓީމުގެ ކޯޗަކީ މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު (ކޮއްކޮ) އެވެ. ފުރަތަަމަ ޑިވިޝަނުގައި މި އަހަރު ވާދަކުރާއިރު ރަނގަޅު ސިސްޓަމެއްގެ ތެރެއިން ޓީމު ކުރިއަށްގެންދިއުމުގެ ގޮތުން ސަސް އިން އަންނަނީ ޕްރޮގްރާމެއް ރާވަމުންނެވެ. އެ ގޮތުން އެ ކްލަބުން ވަނީ ކްލަބަށް މާލީ ގޮތުން އެހީތެރިކަން ހޯދުމުގެ ގޮތުން ކޮފީ ޝޮޕެއް ވަނީ ހުޅުވައިފަ އެވެ.

ސަސް ގެ ކޯޗަކަށް ހަމަޖައްސައިފައި ވަނީ ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މަސައްކަތްކުރި ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު)  އެވެ.

އާ ސީޒަން އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު ގިނަ ޓީމް ތަކަކުން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :