އެމްއެންޑީއެފް ލޯންޗެއް

އެމްއެންޑީއެފްގަވެސް ތިބީ ރައްޓެހިން ބޭނުން އެއްޗެއް ހަދާނީ- ހާލުގައި ޖެހުނު އާއިލާ

ހިތާދޫ އޮންލައިން | 08 ނޮވެންބަރ 2020

ސަރުކާރުގަވެސް އެމްއެންޑީއެފްގަވެސް ކޯސްޓުގާޑުގަވެސް ތިބީ ރައްޓެހިން ކަމަށާއި ހަދާނީ ބޭނުން އެއްޗެއްކަމަށް ބ. މުތާފުައްޓަށް ދަތުރު ގޮސް އުޅެނިކޮށް ހާލުގައި ޖެހުނު ބ. ހިތާދޫގެ އާއިލާ މީހަކު ބުނެފިއެވެ،

އޭނާ މިހެން ބުނީ ހިތާދޫ އޮންލައިންގެ ނަމުގައި ހިންގާ ކޮމިއުނިޓީ ވައިބަރ ގުރޫޕެއްގައި ކުރި ޕޯސްޓެއްގައެވެ. އަޙްމަދު ޙުސައިން ނަމުގައި ޕޯސްޓު ކޮށްފައިވާ މި މީހާގެ ޕޯޓުގައި ބުނެފައިވަނީ " ސަރުކާރުގައިވެސް ތިބީ ރައްޓެހިން އެމްއެންޑީއެފްގައިވެސް ތިބީ ރައްޓެހިން ކޯސްޓުގާޑުވެސް ތިބީ ރައްޓެހިން ބޭނުން އެއްޗެއް ހަދާނީ. ދެން ދަތުރު ދާނީވެސް ހާބަރ ކްރާފްޓުގައި" މިހެންނެެވެ.

މިގޮތަށް ޕޯސްޓުޖެހީ ބ. މުތާފުއްޓަށް ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހިގެން އެމްއެންޑީއެފުން އެހީތެރިވި ކަމަށް ބުނެ "މިހާރު" ނޫހުގައި ޝާއިޢްކުރި ޚަބަރަށް މީހަކު ކުރި ކޮމެންޓެއްގެ ސްކްރީން ޝޮޓް ބ. ހިތާދޫގެ ގިނަ ރައްޔިތުން ހިމެނޭ ގްރޫޕެއް ކަމަށްވާ " ހިތާދޫ އޮންލައިން" ކޮމިއުނިޓީ ވައިބަރ ގްރޫޕަށް ލުމާ ގުޅިގެންނެވެ.

މިހާރު ނޫނުގެ ޚަބަރަށް ކޮށްފައިވާ ކޮމެންޓުގައި ވަނީ "ބ.ހިތާދޫގައި ހުރި ހުރިހާ ކަޕިން ދެވޭނޭ ބުނާއިރު އަދި ސަލާމަތީ ހުރި ހާ އެއްޗެ ހަމަކޮން ހުރި ދަރުމަ2 ލޯޗު ހިތާދޫ ފަޅުގާ އޮއްއިރު އަދި އެކިވަރުގެ ދޯނިފަހަރު ހުރި އިރު ދައުލަތުން އެވަރުގެ ހަރަދެން ކުރުން އެއްމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަން. ޢެމީހުން ގޮވައިގެން ދިޔަ ދޯނި ވަނީ އެމީހުން އަރުވައިގެން 1400 ގައި މުތާފުށިން ހިތާދޫ އަށް އައުމަށް ނަޓާލި. ވަކި ހިސާބަކަ އައި ފަހުން ބިރުން ނޭކިޔާފައި ދޯނި އަބުރާލަން ބުނެގެން ދޯނި ވަނީ އެމީހުން އެރަށަ ފައިބުވާފައި. ޢަދި ދޯނި ވަނީ ހަމަ އެގަޑީ ގައި އެރަށުން ހިތާދޫ އަށް އައިސް ފައި. ރަށުތެރޭ ކިޔާ އެބަ މާވަރުގަދަ ޕޮލިސް/ސިފައިން ގޮލަޔަކާއޭ އިދެލާގެން އުޅެނީ" މިހެންނެވެ.

ފަޅުރަށެއްގައި ހާލުގަ ޖެހިގެން ސިފައިންގެ އެހީގައި ހިތާދުއަށް ގެނައި މި ހާދިޘާ ބ. ހިތާދޫގެ ގިނަ މީހުން ސިފަކުރަމުންނަނީ އޮޅުވާލުމާއި މަކަރާއި ނޫފުގެ ބޭނުން ކޮށްގެން ތިމާމެންގެ ބާރު އޮތްކަން ދެއްކުމުގެ ބޭނުމުގައި ހިންގި ފިނޑި އަމަލެއްގެ ގޮތުގައެވެ.

ހިތާދޫ އޮންލައިން އާއި ވާހަކަ ދެއްކި ބައެއް ކެޕްޓަނުން ބުނީ މި ޚަބަރު ލިބިގެން އެއްތަށް ބަޔަކު ގުޅާ މަލާމާތް ކުރި ކަމަށާއި އެމީހުން ލަދުން ފިތްކަނޑައިގެންދާވަރުވި ކަމަށެވެ. އަދި އިއްޔެ ދަތުރު ނުކުރެވިގެން ސިފައިންގެ އެހީތެރިކަމަށް އެދެން ޖެހޭވަރަށް މޫސުން ގޯސްވިކަމަށް ޤަބޫލު ނުކުރާކަމަށްވެސް އެމީޙުން ބުނެއެވެ.

"އެއްތަށް ބަޔަކު ގުޅާފައި އެއްޗެހި ކިޔައިފި ކަލޭމެނަށް ކައިރީގައި އޮތްރަށަށް ދާންވެސް ނުކެރިގެން ޅ. އަތޮޅުން ކޯސްޓުގާޑު ވިއްޔަ ތިގެނުވީ ހިތާދޫގަ ނެތީތަ އެހިސާބަށް ދާން ކެރޭ ކައްޕިއެއްވެސް" ތަޖުރިބާކާރު ކެޕްޓަން ކިޔައި ދިނެވެ

އެމީހުން ދަތުރު ގެންދިޔަ ދޯނީގެ ކެޕްޓަން ބުނީ މުތާފުށިން ނުކުއްތަނާ ދެތިން ރާޅެއްގައި (އެހޭބޮޑެއް ނޫން) ދޯނި ޖަހާލި ކަމަށާއި އެމީހުން އަނބުރާލަން ބުނުމުން ކުޑަ ތަންކޮޅަކަށް ދިޔުމުން އެއްވެސް ވަރަކަށް ރާޅު ނުހުންނާނެ ކަަމަށް ބުނި ކަމަށެވެ. އެހެން ބުނުމުންވެސް އެމީހުން އަނބުރާ ގެންގޮސް މުތާފުއްޓަށް ބޭލުމަށް އެދުމުން އެރަށަށް އެމީހުން ބޭލީކަމަށެވެ.

"އެމީހުން ބުނީ މުތާފުއްޓަށް ބާލާށޭ އެމީހުން އެހެން ގޮތެއް ހަމަޖައްސަމޭ ކަލޭމެން ރަށަށް ދިޔަސް އެންމެ ރަނގަޅޭ" 30 އަކަށް ފޫޓުގެ ކުޑަ ދޯނީގެ ކެޕްޓަން ބުންޏެވެ.

ފެރީން ކުޑަ ކުދިންތަކެއް ގޮވައިގެން ދަތުރު ކުރި މީހަކަ ބުނީ ޙާލުގައި ޖެހުނު ކަމަށް ބުނާ ގަޑީގައި އޭނާ ހުރީ ފެރީގައި ކަމަށާއި ފެރީ ރާޅާ ހަލުވާވެސް ނުލާކަމަށެވެ. އަދި އިއްޔެގެ އެވަގުތަކީ ބަޔަކު މީހުންނަށް ދަތުރު ކުރަން ނުކެރިގެން ހަލުގައި ޖެހިގެން ސިފައިންނާ ފުލުހުން ގެންނަން ޖެހޭހާ މޫސުން ގޯސް ގަޑިއެއް ނޫންކަމަށެވެ.

"ހާލުގައި ޖެހުނު ބަޔަކު ނަމަ ކީއްވެތޯ އަނބުރާ އެރަށުގައި ބަހައްޓާފައި ދާށޭ ތިމަންނާމެން އެހެން ގޮތެއް ހަމަ ޖައްސަމޭ ބުނާނީ. ޔަގީުންވެސް ހަލުގައި ޖެހުނު ބަޔަކު އެ ކުޑަ ދޯނި ދިޔަދޭނީ އެމީހުން ސަލާމަތް ކުރަން ބަޔަކު ގެނެވުނީމާ " ހިތާދޫ އޮންލައިންނާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެތަނުން އެކެއް އިނދެގެން އުޅެނީ ޕޮލިސް މީހަކާ ކަމުން އެއީ އެމީހުންނަށް ނުފޫޒާއި ބޭރު ބޭނުން ކުރޭވޭކަން އަންގާލަން ކުރި ކަމެއްކަމަށެވެ. އެގޮތުން އެފަދަ އެއްތަށް ކަމެއް ކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ހިތާދޫ އޮންލައިން އަށް އެނގިފައިވާ ގޮތުން ދަތުރު ދިޔަ އާއިލާގެ މީހަކު ވަނީ ޤަވާއިދާ ޚިލާފަށް އެޗްޕީއޭއިން ހުއްދަ ނުދެނީސް ކަރަންޓީނަށް ވަގަށް ހިތާދޫ އައިސްފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Ahmed Shujau

ގަދަބަސް ނުބުނޭ ، ހާލަތަކީ ވަރަށް އަވަހަށް ބަދަލުވާ އެއްޗެއް