ބ. ހިތާދޫ ހޭލަމޭލަ ޕާކު ފައިލްފޮޓޯ- ހިތާދޫ އޮންލައިން

އިންޑިއާ އިން ބ. އަތޮޅުގެ ތިން ރަށެއްގައި ޕާކު އަޅައި ދެނީ

ހިތާދޫ އޮންލައިން | 27އޮކްޓޯބަރ 2020





އިންޑިއާ ސަރުކާރުގެ އެހީގައި ބ. އަތޮޅުގެ 3 ރަށެށެއްގައި ޕާކް އަޅަން ނިންމައިފި އެވެ.

ޔޫތު މިނސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރ، ބ އަދި ޅ އަތޮޅުގެ 10 ރަށެއްގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޕާކް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބ. އަތޮޅުގައި ޕާކް އަޅަން ނިންމާފައިވާ ވަނީ ކެންދޫ، ގޮއިދޫ އަދި ފުޅަދޫ އެވެ. މީގެ އިތުރުން ރ މީދޫ، ރަސްމާދޫ، ދުވާފަރު، މާކުރަތުގެ އިތުރުން ޅ. ނައިފަރު، ހިންނަވަރު އަދި ކުރެންދޫގައި ވެސް ޕާކު އެޅުމަށް ވަނީ ނިންމައިފަ އެވެ.

އެންމެ އުތުރުގެ 10 ރަށެއްގައި އިންޑިއާ ސަރުކާރުގެ އެހީގައި ޕާކް އަޅަންވެސް ވަނީ އިއުލާން ކޮށްފަ އެވެ. ނަމަވެސް މި މަސައްކަތް ފަށާނެ ދުވަހެއް އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :