ބ. ހިތާދޫ

ބ. ހިތާދޫގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހިތާދޫ އޮންލައިން | 23 އޮކްޓޯބަރ 2020





ބ. ހިތާދޫގައި ހޯމް ކަންޓީނުގައި ހުރި ބިދޭސީ މީހަކަު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކަރަންޓީނު މުއްދަތު ހަމަވެގެން އިއްޔެ ބ. ހިތާދޫން ނެގި ސާންޕަލް ތަކުގެ ތެރެއިން އެކަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.

ހިތާދޫ އޮންލައިން އަށް އެނގިފައިވާ ގޮތުން ޕޮޒިޓިވް ވެފައިވަނީ ބ. ހިތާދޫ ކަންމަތީގޭގައި ހޯމް ކަރަންޓީނުގައި ހުރި މީހުންގެ ތެރެއިން މީހެކެވެ. ނަމަވެސް އެގޭގައި ދެންތިބި ހުރިހާ އެންމެން ވަނީ ނެގެޓިވް ވެފައެވެ.

މި ބިދޭސީ މީހާއަކީ ހިތާދޫގައި ފެނާ ނަރުދަމާގެ މަސައްކަތައް އައިސް ކަރަންޓީނުގައި ހުރި މީހެކެވެ.

މި ކަމާ ގުޅިގެން ގެއިންބޭރުގައި އުޅޭވަގުތުތަކުގައި މާސްކު އެޅުމާއި އެއްވެ ނޫޅުމާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ހިތާދޫ ކައުންސިލުން ވަނީ އަންގާފައެވެ،


ކިޔުންތެރިންގެ ޚިޔާލު...


ނަން :