ސީއޯސީ ފުޓްސެލް މުބާރާތުގެ ޗެމްޕިއަން ބަގޭސް - ފޮޓޯ- ހިތާދޫ އޮންލައިން

ސީއޯސީ ފުޓްސެލް މުބާރާތުގެ ޗެމްޕިއަން "ބަގޭސް"

ހިތާދޫ އޮންލައިން | 10 އޮކްޓޯބަރ 2020

ސީއޯސީ ފުޓްސެލް މުބާރާތުގެ ޗެމްޕިއަން ތަށި " ބަގޭސް" ނަގައިފިއެވް.

ބަގޭސް ޓީމުން ތަށި ނެގީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި "ޑީސީއެސްސީ" އާއި ބައްދަލުކޮށް ތިނެއް ސުމަކުން މޮޅު ވެގެންނެވެ. .

މި މުބާރާތުގެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ޢާރިމް އަޙްމަދެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އާރިމް އަޙްމަދެވެ ބެސްޓު ޔަންގ ޕްލޭޔަރަކަށް ހޮވުނީ ޙުސައިން ޝާޙިލެވެ...

މި މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަކީ ބަގޭސްޓީމުގެ އާރިމް އަޙްމަދު، ބަގޭސް ޓީމުގެ އަޙްމަދު ޙުސައިން، ޑީއެސްސީގެ އާސިފް އުސްމާނާއި ޝާމިލް ޔައުގޫބު އަދި ބަގޭސްގެ އިސްމާއިލް މުޙައްމަދެވެ.

މި އީ ސީއޯސީން ބޭއްވި 3 ވަނަ މުބާރާތެވެ. ސީއޯސީ ޓީމުން ބުނީ ކޮވިޑް19 ހާލަތުގައި އިނާމު ނުދެވުނު ނަމަވެސް އަންނަ އަހަރު މި މުބާރާތް މިއަށްވުރެ ފުރިހަމަކޮށް ގެންދަން މަސައްކަތް ކުރާނެ ކަމަށާއި މި މުބާރާތް ކުރިއަށް ގެންއުމުގައި ގިނަ ބައެއްގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އެފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށްވެސް ސީއޯސީން ބުނެއެވެ.

މިއީ ފުޓްސެލް ދަނޑުގައި ބޭއްވި ފުރަތަމަ މުބާރާތެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :