ހިތާދޫ ގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދު ކައުންސިލުގައި ރަޖިސްޓްރީ ކުރަން އެދިއްޖެ

ހިތާދޫ އޮންލައިން | 10 އޮކްޓޫބަރ 2020

އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގެ ދަށުން ބ. ހިތާދޫގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދު ތަކުގެ މައުލޫމާތު ކައުންސިލާ ހިއްސާ ކުރުމަށް އެދިއްޖެ އެވެ.

ރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކުން އެރަށެއްގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީއާ ބެހޭ ދަފުތަރެއް ގާއިމުކޮށް، ދަފުތަރާބެހޭ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން ބަލަހައްޓާގޮތަށް ބަޔާންކޮށްފައިވާތީ މިރަށުގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީގެ ދަފުތަރެއް އެ އިދާރާގެ ފަރާތުން އެކުލަވާލަން ލާޒިމު ކުރާ ކަމަށެވެ.

އެހެންވެ، ހިތާދޫގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދު ތަކުގެ ވެރިފަރާތްތަކުން މިމަހު 15ގެ ކުރިން ބ.ހިތާދޫ ކައުންސިލަށް އުޅަނދުގެ ރަޖިސްޓްރީގެ ކޮޕީއެއް ވެރިފަރާތުގެ މައުލޫމާތާއެކު ހިއްސާކުރުމަށް ކައުންސިލުން އެދެއެވެ.

މީގެ އިތުރުން މީގެފަހުން މިރަށަށް ގެނެނޭ އެންމެހާ އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ވެރިފަރާތްތަކުން އެ އުޅަނދެއް ރަށަށް ގެނައުމަށްފަހު ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި މައުލޫމާތު ކައުންސިލުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ވެސް ކައުންސިލުން އެދެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ahmed

ބަންގާޅިން ގެ ދަފުތަރެއް ފުރަތަމަ ހަދާ ބަލަ

Ahmed Shujau

ރަށުގައި އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރާކަށް ނުވޭތަ؟