ކަމަދޫ ޑައިވް އިން ޕަޑީ އެޑްވާންސް ޑައިވް ކޯސް ހިންގައިފި

ހިތާދޫ އޮންލައިން | 10 އޮކްޓޯބަރ 2020





ބ. ކަމަދޫ ޑައިވް އެންޑް ވޯޓަރ ސްޕޯޓުސް އިން ވަނީ ޕަޑީ އެޑްވާންސް ޑައިވް ކޯސް ހިންގާ ކާމިޔަބު ކަމާއި އެކު ނިންމާފައެވެ.

ކަމަދޫ ޑައިވްގެ އޮފިޝަލް ޝަފީގު ވިދާޅުވީ ކަމަދޫ ޑައިވްއިން ހިންގާ ކޯސްތައް ކުރިއަށް ގެންދާނީ ޕްރޮފެޝަނަލް ސްޓޭންޑާޑުގައި ކަމަށާއި ޕަޑީ އޯޕަން ވޯޓަރ ޕަޑީ އީއެފްއަރު ޕަޑީ ރެސްކިއު ކޯސް ޕަޑީ މާސްޓަރ އާއި ހިސާބަށް ޕަޑީ ކޯސްތައް ހިންގައި ސެޓިފިކެޓު ދެވޭނެ ކަމަށެވެ.

"ކުރިއަށް ދެން އޮތީ އިންސްޓްރަކްޓަރ ޓްރޭނިންގ އަށް ކަމަދޫޑައިވް އެން ވޯޓަރ ސްޕޯޓްސް ތައްޔާރު ވުން ޕަޑީ އައިޑީސި އެއް ކަމަދޫގައި ހިންގުމަކީ ކަމަދޫ ޑައިވްގެ ފޮނި އުންމީދެއް" ޝަފީގު ވީދާޅުވިއެވެ.

ކަމަދޫ ޑައިވް އިން ދަނީ ޑައިވިންގ އެކި ކޯސްތައް ހިންގަމުންނެވެ. އެގޮތުން ބ. އަތޮޅާއި ޅ. އަތޮޅުގައި ވަނީ ޑައިވް ކޯސްތައް ހިންގާފައެވެ.

ބ. ކަމަދޫގައި ލޯކަލް ގެސްތު ހައުސް ދުވަހަކަށްވުރެ ދުވަހެއް ދަނީ ގިނަވަމުންނެވެ. މިވަގުރު ކަމަދޫގައި 10 ވުރެ ގިނަ ގެސްޓު ހައުސް ރަނގަޅު ފެންވަރުގައި ހަދާފައި އެބަހުއްޓެވެ. ކަމަދޫ ޑައިވް އަކީ ކަމަދޫއަށް ކަންތައްތަކެއް ކޮށްދިނުމުގައި އަބަދުވެސް މަސައްކަތް ކުރާ ތަނެކެވެ. މިގޮތުން ފަރު ސާފުކުރުމާއި މުރަކަ އާލާކޮށް ދިރުވުމުގެ ޕްރޮގުރާމް ކަމަދޫ ޑައިވުން ވަނީ ހިންގާފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :