ސިލްސިލާ ދަރުސް، 40 ޙަދީޘް ގެ ޝަރަޙަ

ހިތާދޫ އޮންލައިން | 2 އޮކްޓޯބަރ 2020

ހިތާދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ހިތާދޫ އިސްލާމިކް މޫވްމަންޓު (ހިމް) ފޭސްބުކު ޕޭޖާއި ގުޅިގެން ސިލްސިލާކޮށް "ސާޅީސް ޙަދީޡްގެ ޝަރަޙަ" ނަމުގައި ބ. ހިތާދޫގައި ކުރިއަށް ގެންދާ ދީނީ ހޭލުންތެރިކަން އިތުރު ކުމުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މިއީ ސިލްސިލާކޮށް ކޮންމެ ހަފަތާއެއްގައިވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ދަރުސް ޕްރޮގްރާމުގެ ތެރެއިން މިރޭވެސް ވަނީ ދަރުސް ދީފައެވެ. ހިތާދޫ ހުކުރު މިސްކިތް އަލް މަސްޖިދުލް މޫސާ އަލީގައި ކުރިއަށް ގެންދިޔަ މިދަރުސްގައި ދީނީނަސޭހަތް ދެއްވީ ބ. ހިތާދޫ ސީނާ އަށްޝައިޚް މުޙައްމަދު ޙަލީމެވެ.

މިއަދުގެ ދަރުސްގައި އަލި އަޅުވާލައިފައި ވަނީ ޝަހާދަތުގެ ދެވަނަ ކަލިމަ ކަމުގައިވާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ﷲ ގެ ރަސޫލާ ކަމަށް ހެކިވުމާ ބެހޭ ގޮތުންނެވެ. އެގޮތުން އެކަލޭގެފާނަކީ ﷲ ރަސޫލާކަމަށް ހެކިވާ މީހާއަށް ކުރުން ލާޒިމްވާ ކަންތައްތަކާއި އެކަމުގެ ދަލީލުތައް ދަރުސްގައި ބަޔާންކުރެވުނެވެ. އެއީ :
1. އެކަލޭގެފާނު ޚަބަރުދެއްވި ހުރިހާ ކަމެއް ދުލުންނާއި ހިތުން ތެދުކުރުމެވެ.
2. އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ފަސްޖެހުމެއް ނެތި ޢަމަލުކުރުމެވެ.
3. އެކަލޭގެފާނު ނަހީކުރައްވާފައިވާ ކަންކަމުން ފަސްޖެހުމެއް ނެތި ދުރުވެގަތުމެވެ.
4. އެކަލޭގެފާނުގެ ބަސްފުޅުގެ މައްޗަށް އެއްވެސް މީހެއްގެ ބަސް އިސްނުކުރުމެވެ.
5. އެކަލޭގެފާނު ގެނެސް ނުދެއްވާ ކަންތައްތައް މި ދީނުގައި ނުހެދުމެވެ.
6. އެކަލޭގެފާނުގެ ޙައްޤުގައި އެކަލޭގެފާނު ގެނެސްނުދެއްވާ ކަމެއް ނުކުރުމެވެ.
7. ރުބޫބިއްޔަތުގެ އެއްވެސް މިންވަރެއް އެކަލޭގެފާނަށް އެނގިވަޑައިނުގަންނަވާކަމަށް އީމާންވުމެވެ.
8. އެކަލޭގެފާނުގެ ބަސްފުޅުތަކަށް އިޙްތިރާމުކުރުމެވެ.
9. އެކަލޭގެފާނުދެކެ ލޯބިވުމެވެ.
މިކަންކަމާ ގުޅޭ މިސާލުތަކާއި ބައެއް ވާހަކަތަކަށް ދަރުސްގައި ވަނީ އަލި އަޅުވާލައިފައެވެ.
މިއަދުގެ ދަރުސް އަޑު އެހުމަށް ވެސް އެހެން ދުވަސްތަކެކޭ އެއްގޮތަށް ވަރަށް ގިނަ ބަޔަކު ހާޒިރުވިއެވެ.

ހިތާދޫ އިސްލާމިކް މޫވްމަންޓް (ހިމް) އަކީ ބ. ހިތާދޫގެ ޒުވާން ކުދިންކޮޅެއް އިސްނަގައިގެން ރައްޔިތުންމެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ މަޢްލޫމާތު ފޯރު ކޮށްދިނުމަށް މަސައްކަތް ކުރާ ފޭސްބުކް ޕޭޖެކެވެ.

ހިމުގެ ފަރާތުން މިހާރުވަނީ ބ. އަތޮޅުގެ އެކި ރަށްރަށުގައި ދީނީ ހޭލޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގާފައެވެ. ހިމް އިން ބުނީ އަތޮޅުތެރެއިންނާއި ހިތާދޫ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން ދާކަމަށާއި ފުރުޞަތު ލިބޭވަރަކުން އަތޮޅުގެ އެކި ރަށްރަށުގައިވެސް މި ޕްރޮގްރާމް ހިންގާނެކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ahmed

ރ . މަޑުއްވަރީ އަށް ވީ ގޮތް ހަދާން ކުރާތި

Ahmed Ismail

ހިތާދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ހިތާދޫ އިސްލާމިކް މޫވްމަންޓު، ކައުންސިލް ހޭލާ ތިބޭތި

ahmed

ހިމަންދޫ ކުދިންގެ ފެށުން

ދުނބު ޕެލަސް

މިފަހަރު ބަޔަކު ކާފަރު ނުކޮށް ފިއްޔާ ރަނގަޅު . ރ މަޑުއްވަރީ ހަނދާން ވަނީ

މުސްތަގިއްލު

7. ރުބޫބިއްޔަތުގެ އެއްވެސް މިންވަރެއް އެކަލޭގެފާނަށް އެނގިވަޑައިނުގަންނަވާކަމަށް އީމާންވުމެވެ.
މިހެންބާ ހަމަ ޙަލީމު ޝޭޚް ވިދާޅުވީ.
އެކަލޭގެފާނަށް ވުރެ ބޮޑަށް ރުބޫބިއްޔަތާއި ތައުޙީދު އެހެންބައިތައް އެނގޭ އިންސާނަކު ވޭބާ؟؟!

Ahmed Ismail

ހިތާދޫ އިސްލާމިކް މޫވްމަންޓް މިއީ ރަޖިސްޓްރީ ކޮށްފައިވާ ބައެއްތޯ

Ahmed Shujau

ހަރުކަށި ؟