ދުނިޔޭގެ އެންމެ ބޮޑު މޫދު ކޮޓަރިތައް ސޮނެވާފުށީގައި ހުޅުވައިފި

ހިތާދޫ އޮންލައިން | 27 ސެޕްޓެމްބަރ2020





ފަތުރުވެރިންނަށް ހާއްސަކޮށްގެން ދުނިޔޭގައި މިހާތަނަށް ތަރައްގީ ކޮށްފައިވާ އެންމެ ބޮޑު ވޯޓާވިލާތައް ސޮނެވާފުށީ ރިސޯތްގައި އިއްޔެ ހުޅުވައިފިއެވެ.

އެއް ކޮޓަރިއާއި ދެ ކޮޓަރީގެ މައްޗަށް އެކުލެވޭ ވޯޓާވިލާތަކުގެ އެއް ކޮޓަރީގެ ބޮޑު މިނަކީ 6286 އަކަފޫޓެވެ. ދެ ކޮޓަރީގެ ވިލާގެ ބޮޑު މިނަކީ 9224 އަކަފޫޓެވެ.

ވޯޓާރޫމްސްގެ ނަމުގައި ސޮނޭވާ ފުށީގައި މިފަދަ 8 ސުއީޓެއް ތަރައްގީކޮށް، މިހާރު ވަނީ ބުކިންގްއަށް ހުޅުވާލާފައެވެ.

މި ވޯޓާވިލާތައް ފަރުމާކޮށްފައިވަނީ މޫދާއި ފަރުތަކުގެ ދިރުންތައް ސާފުކޮށް ފެންނާނެހެން ބިއްލޫރި ތަޅުމެއްގެ މަތީގައެވެ. މީގެ އިތުރުން ޕްރައިވެޓް އައުޓްޑޯ ބާތުޓަބާ، ސަންލޯންޖުތަކުގެ އިތުރުން، ޕޫލްތައްވެސް މި ވިލާތަކުގައި ގާއިމުކޮށްފައިވެއެވެ. އަދި، ރޭގަނޑުގެ ވަގުތަކުގައި، އުޑުމަތީގެ ހިތްގައިމު މަންޒަރު، އެއްވެސް ހުރަހެއް ނެތި ބަލާލެވޭ ގޮތަށް، ވިލާތަކުގެ ސީލިންގް ފަރުމާކޮށްފައިވަނީ ކަހާލެވޭ ގޮތަށް ކަންވެސް ފާހަގަކުރަންޖެހެއެވެ.

ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ބައޮސްފިއާ ރިޒާވް އޮތް ބ. އަތޮޅު ކުންފުނަދޫގައި ތަރައްގީ ކޮށްފައިވާ ސޮނޭވާ ފުއްޓަކީ ޕްރައިވެޓް އައިލެންޑް ރިސޯޓެވެ. އިންޑިއާގައި ކަނޑުގެ ސަރަހައްދުގައި ގާއިމު ކޮށްފައިވާ އެންމެ ބޮޑު އައުޓްޑޯ ފިލްމް ސްކްރީންވެސް ތަރައްގީ ކޮށްފައިވަނީ ސޮނޭވާފުށީގައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :