ބ. ހިތާދޫ ފުޓުސެލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހިތާދޫ ފުޓުސެލް ދަނޑު ހުޅުވައިފި

ހިތާދޫ އޮންލައިން | 20 ސެޕްޓެމްބަރ 2020





ބ.ހިތާދޫގައި ސަރުކާރުން ހެދި ފުޓްސަލް ހުޅުވައިފިއެވެ.

ރޭ ދަނޑު ހުޅުވުމަށްޓަކައި ބޭޢްވި ރަސްމިއްޔާތުގައި މި ދަނޑު ހުޅުއްވައި ދެއްވީ ބ. އަތޮޅު ކައުންސިލުގެ ނާއިބުރައީސް އަޙްމަދު އަފްރާހެވެ.

ރޭގެ މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމަންޓް އަޙްމަދު މަޙްލޫފް ވަނީ އޮންލައިން ކޮށް ބައިވެރިވެވަަޑައިގެންފައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ހިތާދޫ އަކީ ފުޓްސަލްގައި ރާއްޖޭގެ ރަންވަނަތައް ހާސިލް ކުރަމުން އަންނަ ރަށެއްކަމަށާއި ހިތާދޫގެ ފުޓްސަލްގެ ކުރިމަގު މި ދަނޑުގެ ސަބަބުން އިތުރައް ކުރިއަރައިދާނެކަމަށް ދެކެލައްވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރާނީ އާބާދީއަށް ބެލުމެއް ނެތި ހަމަހަމަކަމާ އެކުގައި ތަރައްޤީއާއި ޒުވާނުން ބޭނުންވާކަންކަން ފުރިހަމަކޮށްދެއްވުމަށްކަމަށެވެ. އަދި ކުޅިވަރުގެ ރޮނގުން ހިތާދޫއަށް އިތުރު ކަންތައްތަކެއް ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރ ދެއްވިއެވެ.

މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ހިތާދޫ ކައުންސިލްގެ ރައީސް ޢަބްދުލް އަޒީޒު މުޙައްމަދު ވިދާޅުވީ ބ. ހިތާދޫގައި ކުޅިވަރު ކުރިއެރުވުމަށާއި، އުމްރާނީ ގޮތުން ރައްޔިތުންނާއި ޒުވާނުން ބޭނުންވާކަންކަން ކޮށްދެއްވަމުން ގެންދަވާކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.

ފުޓްސަލް ދަނޑު ހުޅުވުމުގެ މިހަފްލާގައި މުނާސަބަތާއި ގުޅޭގޮތުން ޝިކުރުގެ ލަވައެއް ހުށައަޅާދީފައެވެ. މިލަވަ ހުށައަޅާދިނީ ހިތާދޫ ޔޫތުވިންގ ގެ ބޮޑުބެރު ގްރޫޕުންނެވެ. އަދި ވަނީ ޒުވާނުންގެ މެދުގައި ޚާއްސަ ފުޓްބޯޅަ މެޗެއް ކުޅެފައެވެ.

މީ މިސަރުކާރުން ބ.އަތޮޅުގައި ހުޅުވި 5 ވަނަ ފުޓްސަލް ދަނޑެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :