ހިތާދޫން ކޮވިޑަށް ޕޮޒިޓިވްވި މީހާ ރަނގަޅުވެއްޖެ

ހިތާދޫ އޮންލައިން | 15 ސެޕްޓެމްބަރ 2020

. ބ. ހިތާދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާބަލިން ރަނގަޅުވެގެން ދޫކޮށްލައިފި އެވެ.

ހިތާދޫން މި ބަލިން އެންމެފަހުން ޕޮޒިޓިވް ވީ 54 އަހަރުގެ އަންހެނެކެވެ. މި އަންހެން މީހާ އަކީވެސް ހޯމް ކަރަންޓީނުގައި ތިބި މީހެކެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ މިންވަރު މާލެ ސަރަހައްދުގައި އިތުރުވަމުންދާއިރު ރަށްރަށަށް ހޯމް ކަރަންޓީނަށް ފޮނުވާ ގިނަ ބަޔަކު ވެސް މި ބައްޔަށް އަންނަނީ ޕޮޒިޓިވް ވަމުންނެވެ. އެކަމާއި ގުޅިގެން ހޯމް ކަރަންޓީނަށް ފޮނުވާ އުސޫލުތައް މިހާރު ވަނީ ހަރުކަށި ކޮށްފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :