ކަަމަދޫ ޑައިވް އިން ޕަޑީ ޑައިވް ކޯސްތަކެއް ހިންގައިފި

ހިތާދޫ އޮންލައިން | 08 އޯގަސްޓު 2020

ޅ. އަތޮޅު ޑައިވް ޓުއަރގެ ނަމުގައި ބ. ކަމަދޫ ޑައިވް އެންޑް ވޯޓަރ ސްޕޯޓުސް އިން ވަނީ ޕަޑީ އޯޕަން ވޯޓަރ ޑައިވް ކޯސް ހިންގާ ކާމިޔަބު ކަމާއި އެކު ނިންމާފައެވެ.

ހުސްވި އޯގަސްޓު މަހު ކުރިއަށްދިޔަ މި ކޯހުގައި ޅ. ފެލިވަރު އަދި ނައިފަރުން ބައިވެރި ވި ފަރާތްތަކަށް ވަނީ ޕަޑީ އޯޕަން ވޯޓަރ ކޯހުގެ ސެޓިފިކެޓު ދީފައެވެ.

ކަމަދޫ ޑައިވް އެންޑު ވޯޓަރ ސްޕޯޓުސް އިން ބުނީ މިހާރު މިކޯސް ބ. ކަމަދޫގައި ފެށިގެން ދާކަމަށާއި މިކޯހުން ފާސްވާ ފަރާތްތަކަށް ލިބިގެން ދާނީ ޕަޑީ އިންޓަރނޭޝާނަލް ސެޓިފިކެޓެއްކަމަށެވެ.

ކަމަދޫ ޑައިވްގެ އޮފިޝަލް ޢަލީ ޝަފީގު ވިދާޅުވީ ކަމަދޫގައި ހިންގާ މިކޯހުގައި ބައިވެރިވެފައިވަނީ ކަމަދޫގެ ޒުވާނުންކަން އުފަލާއެކު ފާހަކަ ކުރައްވާ ކަމަށާއި ބ. އަތޮޅުގައާއި ކަމަދޫގައި ބާރު ސަޕީޑުގައި ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ މިދަނޑިވަޅުގައި ކަމަދޫ ޑައިވްއިން ޑައިވަރުން ތަމްރީނު ކޮށްދެވޭތި އުފާކުރައްވާކަމަށެވެ.

ޝަފީގު ވިދާޅުވީ ކަމަދޫ ޑައިވްއިން ހިންގާ ކޯސްތައް ކުރިއަށް ގެންދާނީ ޕްރޮފެޝަނަލް ސްޓޭންޑާޑުގައި ކަމަށާއި ޕަޑީ އޯޕަން ވޯޓަރ ޕަޑީ އީއެފްއަރު ޕަޑީ ރެސްކިއު ކޯސް ޕަޑީ މާސްޓަރ އާއި ހިސާބަށް ޕަޑީ ކޯސްތައް ހިންގައި ސެޓިފިކެޓު ދެވޭނެ ކަމަށެވެ.

"ކުރިއަށް ދެން އޮތީ އިންސްޓްރަކްޓަރ ޓްރޭނިންގ އަށް ކަމަދޫޑައިވް އެން ވޯޓަރ ސްޕޯޓްސް ތައްޔާރު ވުން ޕަޑީ އައިޑީސި އެއް ކަމަދޫގައި ހިންގުމަކީ ކަމަދޫ ޑައިވްގެ ފޮނި އުންމީދެއް" ޝަފީގު ވީދާޅުވިއެވެ.

ބ. ކަމަދޫގައި ލޯކަލް ގެސްތު ހައުސް ދުވަހަކަށްވުރެ ދުވަހެއް ދަނީ ގިނަވަމުންނެވެ. މިވަގުރު ކަމަދޫގައި 10 ވުރެ ގިނަ ގެސްޓު ހައުސް ރަނގަޅު ފެންވަރުގައި ހަދާފައި އެބަހުއްޓެވެ. ކަމަދޫ ޑައިވް އަކީ ކަމަދޫއަށް ކަންތައްތަކެއް ކޮށްދިނުމުގައި އަބަދުވެސް މަސައްކަތް ކުރާ ތަނެކެވެ. މިގޮތުން ފަރު ސާފުކުރުމާއި މުރަކަ އާލާކޮށް ދިރުވުމުގެ ޕްރޮގުރާމް ކަމަދޫ ޑައިވުން ވަނީ ހިންގާފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :