އޭދަފުށީ ބަނދަރުމަތީ މަގުގައި ތާރު އަޅަނީ. މިހާރުވަނީ ހުރިހާ މަގެއްގައި ތާރުއަލައި ނިމިފައި– އީޓީފޮޓޯ/ޔާނިއު

އޭދަފުށީ މަގުތަކުގައި ތާރު އަޅާއި ނިމިއްޖެ

ހިތާދޫ އޮންލައިން | 07 ސެޕްޓެމްބަރ 2020

. ބ. އޭދަފުށީގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %87 މިހާރު ނިމުނުއިރު މި މަޝްރޫޢުގެ ދަށުން، ތާރޫއަޅާ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އަދި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ފެން ހިންދުންމަށްޓަކައި ޕަމްޕް ސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 22،942 ސްކުއެއަރ މީޓަރުގެ ސަރަހައްދެއް އެކުލެވޭ 19 މަގެއްގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމެއް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތް ހިމެނޭ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 34.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 22 އޭޕްރިލް 2019 ގައެވެ
(ޚަބަރު : އީޓީ).


ކިޔުންތެރިންގެ ޚިޔާލު...


ނަން :