ބ. ހިތާދޫ

ހިތާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހިތާދޫ އޮންލައިން | 31 އޯގަސްޓު 2020





ބ. ހިތާދޫގައި ހޯމް ކަންޓީނުގައި ހުރި މީހަކަު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކަރަންޓީނު މުއްދަތު ހަމަވެގެން ހޮނޮހިރު ދުވަހު ބ. ހިތާދޫން ނެގި ސާންޕަލް ތަކުގެ ތެރެއިން އެކަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.

ހިތާދޫ އޮންލައިން އަށް އެނގިފައިވާ ގޮތުން ޕޮޒިޓިވް ވެފައިވަނީ ބ. ހިތާދޫ ދުނބުރިމާގޭގައި ހޯމް ކަރަންޓީނުގައި ހުރި މީހުންގެ ތެރެއިން މީހެކެވެ. ނަމަވެސް އެގޭގައި ދެންތިބި ހުރިހާ އެންމެން ވަނީ ނެގެޓިވް ވެފައެވެ.

މި ކަމާ ގުޅިގެން ގެއިންބޭރުގައި އުޅޭވަގުތުތަކުގައި މާސްކު އެޅުމާއި އެއްވެ ނޫޅުމާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ހިތާދޫ ކައުންސިލުން ވަނީ އަންގާފައެވެ،


ކިޔުންތެރިންގެ ޚިޔާލު...


ނަން :