އޭދަފުށީގައި ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވެއްޖެ

ހިތާދޫ އޮންލައިން | 24 އޯގަސްޓު 2020





ބ. އޭދަފުށީގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް ފަހު ޓެސްޓްކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ހޯމް ކަރަންޓީނުގައި ހުއްޓާ އޭދަފުށިން ޕޮޒިޓިވް ވީ ދިވެހި ފިރިހެނެކެވެ.

އެ ފިރިހެން މީހާ ޕޮޒިޓިވްވެފައި ވަނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ހެދި ޓެސްޓުންނެވެ.

މާލެ އިން ރަށްރަށަށް ދާ މީހުން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ޖެހޭއިރު، އެހެން ތިބޭ ބައެއް މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެގޮތުން މީގެ ކުރިން އޭދަފުށިން ދެ ބިދޭސީއަކުވެސް މި ބައްޔަށް ޕޮޒިޓިވް ވިއެވެ. އެމީހުން މިހާރު ވަނީ ބަލިން ރަނގަޅުވެގެން ދޫކޮށްލައިފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވާ ގޮތުގައި ހޯމް ކަރަންޓީނުގައި ތިބޭ މީހުން ޕޮޒިޓިވްވުމަކީ އެ ރަށެއްގެ ރައްޔިތުންނަށް މާބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫނެވެ. އަދި ކަރަންޓީނު ރަނގަޅަށް ތަންފީޒުކުރާ ނަމަ ރަށުގެ އެހެން މީހުން ބައްޔަށް ހުށަ ނޭޅޭނެ ކަމަށް އެތަނުން ބުނެފައިވެ އެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެ ބަލީގައި މިހާތަނަށް ރާއްޖެއިން 27 މީހަކު ވަނީ މަރުވެފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :