ބ. ފަރެހުގައި ތަރައްޤީ ކުރާ ރިޒޯޓު އަންނަ އަހަރު ހުޅުވަނި!

ހިތާދޫ އޮންލައިން | 03 އޯގަސްޓު 2020

މައިނާ ހޮޓެލް ގްރޫޕުން ބ. އަތޮޅު ފަރެހުގައި ތަރައްގީކުރާ ރިޒޯޓު އަންނަ އަހަރު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސްގެ ނަމުގައި ތަރައްގީ ކުރާ މި ރިޒޯޓްގައި އެކި ފަންތީގެ 200 ކޮޓަރި ހުރެއެވެ.

ހަތްދިހަ މިލިއަން ޑޮލަރު ޚަރަދުކޮށްގެން ފަރެހުގައި، މި ރިޒޯޓެއް ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރުއެވެ. އޭރު ޕްލޭން ކޮށްފައިވަނީ 2019 ވަނަ ރިސޯޓު ހުޅުވުމަށެވެ.

މައިނާ ކުންފުނިން ބުނީ ކޮވިޑްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ގޮންޖެހުންތައް ކުރިމަތިވެފައި ވީ ނަމަވެސް ފަރެހުގައި ހަދާ ރިސޯޓުގެ މަސައްކަތް ކުރިއަށް ގެންގޮސް އަންނަ އަހަރު ރިސޯޓު ހުޅުވުމުގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. އަދި މި ރިސޯޓުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި އެ ކުންފުނީގެ އިތުރު ހަތް ޕްރޮޕަޓީއެއް ހުޅުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފަރެހުގައި ހަދާ ރިޒޯޓަކީ އެކުންފުނިން ރާއްޖޭގައި ހަދާ ފުރަތަމަ ރިޒޯޓެވެ.

ގާތްގަނޑަކަށް 12.4 ހެކްޓަރުގެ މި ރިޒޯޓަށް ދަރަވަންދޫން ފުރައިގެން ސްޕީޑް ލޯންޗެއްގައި ތިރީހަކަށް މިނިޓްގެ ތެރޭގައި ދެވޭނެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :