ފިނޮޅު

ފިނޮޅުން އިތުރު ތިން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ!

ހިތާދޫ އޮންލައިން | 27 ޖުލައި 2020





ފިނޮޅު ރިޒޯޓުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފިނޮޅުން ކޮވިޑް-19 އަށް ޕޮޒިޓިވް ތިން މީހުން ޕޮޒިޓިވް ވެފައި ވަނީ، ބަލީގެ އަލާމާތްތައް ފެނިގެން މާލެ އައިސް ޑޮކްޓަރަށް ދައްކާ ހެދި ޓެސްޓު ތަކުންނެވެ. އޭނާ ޕޮޒިޓިވްވި ފަހުން، ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ އޮފިޝަލަކު ވިދާޅުވީ، އެ ފިނޮަޅުގައި މަސައްކަތް ކުރަން އުޅުނު ކޮވިޑް-19 ބަލީގެ އަލާމަތްތައް ހުރި މީހަކު މާލެ އައިސް ދެއްކުމުން، ކޮވިޑް-19 އަށް ފައްސިކަން އެނގުނު ކަމަށެވެ.

"އޭނަ ފައްސިވީމަ އެކޮޅުގައި ހަދާނެތާ ޓެސްޓު،، ދެން އެކޮޅުގައި ސުންކު (ސާމަޕްލިންގ) ޓެސްޓުތައް ހެދިއިރުގައި ތިން މީހަކު މިޔަށް ފައްސިވެފައި ހުރީ". އޮފިޝަލް ވިދާޅުވިިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، ފައްސިވި ހަތަރު މީހުންގެ ތެރެއިން، ފަހުން ފައްސިކަން އެނގުނު ތިން މީހުން ތިބޭނީ ފިނޮޅުގައި އައިސޮލޭޓްކޮށްފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :