ބ. އޭދަފުށި. ފޮޓޯ- އީޓީ

އޭދަފުށީގައި ހޯމް ކަރަންޓީނުގައި ހުރި ދެމީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހިތާދޫ އޮންލައިން | 24 ޖުލައި 2020

ބ. އޭދަފުށީގައި ހޯމް ކަރަންޓީނުގައި ހުރި ދެ ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެވެ.

“އޭދަފުށިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 8 ވަނަ ދުވަހު ހޯމް ކަރަންޓީނަށް އައި ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ. ޕޮޒިޓިވްކަން އެނގުނީ، ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން ބ. އަތޮޅު ހޮސްޕިޓަލިގެ ކޮވިޑް ސެންޓަރުން ހެދި ޓެސްޓުން ނަތީޖާ ލިބުމުންނެވެ.

އެ މީހުން އޭދަފުއްޓަށްނއައީ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރުމަށެވެ. އެ ދެ މީހުންގެ ހާލު ވެސް ރަނގަޅެވެ.

މިރަށުގައި މިވަގުތު 15 ވަރަކަށް މީހުން ހޯމް ކަރަންޓީނުގައި އެބަތިއްބެވެ.

މި މަހުގެ 18ވަނަ ދުވަހު މިއަތޮޅު ތުޅާދޫގައި ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް އޭނާ ޕޮޒިޓިވް ވިކަން އެނގުނީ 10ދުވަސް ކަރަންޓީނުގައި ހުރުމަށްފަހު ހާޓްއެޓޭކެއް ޖެހި ކުއްލިއަކަށް ނިޔާވުމުން ކޮވިޑަށް ޓެސްޓު ކުރުމުންނެވެ. އޭގެފަހުން ހިތާދޫގައި ވެސް ހޯމް ކަރަންޓިގައި ހުރި މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :