10+3 = 13

އަޙްމަދު ލަބީބު ޢަލީ | 20 ޖުލައި 2020





ރަށުގެ ނަން : ހިތާދޫ –އިދާރީ ނަން : ބ އަތޮޅު
، އަތޮޅުގެ ނަން : މާޅޮސްމަޑުލު ދެކުނުބުރި ، 5° 00 28" N އަރުޟުން72° 55 19" E ރަށް އޮތްތަން : ތޫލުން
، ދިވެހި އަކުރުގެ ކޯޑް : ބ ، ހިސާބު އަކުރު :13 F: އިނގިރޭސި ކޯޑް

ހިސާބު އަކުރުގެ މިތިން އަދަދު (13/ 10/3) އަކީ ބ - ހިތާދޫ އާއި ގުޅުންހުރި އަދަދު ތަކަކަށް ވެދާ ނެއެވެ . 1968 ކުރިން ބ ހިތަދޫ އަށް ދެވިފައިވާ ހިސާބު ނަންބަރު އަކީ 13 އެވެ. ނަމަވެސް 1968-1975 ގެ އަހަރު ތަކުތެރޭގައި އެއްރަށުން އަނެއް ރަށަށް ހިޖުރަ ކުރުވުމުގެ މަރުހަލަތައް ނިމުނު އިރު ބ- ހިތާދޫ ތަރުތީބު ވެފައިވަނީ 10 ވަނައިގައެވެ . އެހެން ނަމަވެސް ރަސްމީކޮށް ދެވިފައިވާ 13 ނަންބަރ އަށް ބަދަލެއް ނާދެއެވެ. ރަށުގެ ނަމުގެ މާނަޔަށް ނަޒަރު ހިންގާލުމުން ނަމުގެ މާނަ ތިލަވެފައި ސާދާ ނަމެއް ކަން ފަހުމްވެއެވެ. ދިވެހި ރާއްޖޭގެ ގިނަ ރަށްރަށަށް ކިޔާ ނަމުގެ މާނަ އެއް ނޭގެއެވެ . ނުވަތަ އާމުމާނަ ތިލަވެ ސާފެއް ނުވެއެވެ. ނަމަވެސް ހިތާދޫ އެއީ އިންސާނާގެ އެންމެ ބޭނުން ތެރި ދެ ގުނަވަނަކަށް ނިސްބަތްވާ ދެ ނަމެވެ. ހިތް އަދި ދުލެވެ. މި ދެނަން އެކުވުމުން ކިޔަނީ ހިތާދޫ މިގޮތަށެވެ. ދޫ މިނަން ދިވެހިބަހަށް ނަކަލު ކުރެވިފައިވަނީ ސާންސް ކްރިތް ބަހުންނެވެ. ސާންސްކްރިތް ބަހުން " ދޫ " މިބަހުގެ މާނަ އަކީ ޖަޒީރާ ނުވަތަ ވަކިން އޮށްނަރަށެވެ . ނުވަތަ ވަކިން އޮންނަ ރަށްތަކެވެ . ޖަޒީރާ ގައިވެސް އެކުލެވިގެން ވަނީ 3 އަކުރެވެ އަދި 5 ފިލިއެވެ. ހިތާދޫ މިނަމުގައިވެސް އެކުލެވިގެން ވަނީ 5 ފިލިއެވެ. މިހާރުވެސް ހިތާދޫ އަށް ދެވިފައިވަ ނަންބަރު އަކީ 13 އެވެ. މިރަށުގެ ނަމުގައިވަނީ 3އަކުރު ލަފުޒެކެވެ. ލަފުޒުގައިވާ އަކުރު ތަކަށް ބަލާނަމަ ހށ ޔަނީގެ ހ އެއީ އެކެއް ތ އެއީ ބާރަވަނަ ، ދ އެއީ 13 ވަނަ އަކުރެވެ. ޖުމްލަވަނީ 26 އެވެ. މިއަދުން ގެއްލޭނީ 13 ނޫނީ 2 އަކުންނެވެ . ބ އަތޮޅު 3 ބަޔަކަށް ބެހޭއިރު ކޮންމެ ކޮޅަކުން ގުނިކަމުގައިވިޔަސް އަޅުގަޑުމެން ރަށް ގުނޭނީ 2ވަނަ އަތޮޅުގެ ރަށެއްގެ ގޮތުގައެވެ . ޤުދުރަތީ ގޮތުން މާޅޮސް މަޑުލު ދެކުނުބުރި ( ބ އަތޮޅު ) ގައި ހިމެނިފައި ނުވަތަ ޗާޓްކުރެފައި އޮތީ 3 ބައެކެވެ. އެއީ ފަސްދޫތެރެ އާއި މައި އަތޮޅާއި ގޮއިދު އަތޮޅު އެވެ. މި 3 ތިން ނަމުގައިވަނީ 13 ނުވަތަ 16 އަކުރެވެ .

އިއްތިފާޤުންވިޔަސް 1968 ގެ ކުރިން ބ އަތޮޅުގައި މީހުން ދިރި އުޅުނު ރަށްތަކުގެ އަދަދީވެސް 16 އެވެ. އަތޮޅުގެ ކޮންމެ ދެބައެއްގެ ދެމެދުގައި ތަފާތު މިންވަރެއްގެ ފުޅާމިން އެކުލެވިގެން ހުރަސްކަނޑެއް ލެވިފައިވެއެވެ . އަތޮޅުގެ ރަށްތައް އުފެދިފައިވާ ގޮތަށް ބަލާއިރު ،ޤުދުރަތީ ގޮތުން ބ - ހިތާދޫ ހިމެނިފައިވަނީ މައި އަތޮޅުތެރޭގައެވެ. މިރަށް ވެސް އުފެދިފައި ވަނީ ދިވެހިރާއްޖޭގެ ގިނަ ރަށްތަށް އުފެދި ފައިވާ ގޮތަށް ކަމަށް ގަބޫލު ކުރެވެއެވެ .ދިވެހި ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ. ނަމަވެސް ކުދިކުދި ތަފާތު ތަކެއް އެކުލެވިގެން ވުމަކީ ދުރުކަމެއް ނޫނެވެ. ބ ހިތާދޫ ގައި ވަރަށްރީތި 3 ތުޑިވިއެވެ. ނަމަވެސް ތުޑި ތަކުގެ ތެރެއިން ހިޔައްޏެއްވެސް ފެންނަނީ އެއްސަރަހައްދުންނެވެ. 3 ތުނޑިވެސް ގިރައި ފަސްތައް ފަޅަށް ފެތުރި އެރީތި މަންޒަރުތައް ތާރީޙީ ސޮފުހާއެއްގެ ކުރެހުމަކަށް ބަދަލުވެ ނިމެއްޖެއެވެ. ބ ހިތާދޫގެ ޗާރޓަށް ބަލައިފިނަމަ 3 ތުނޑި ވާފަދައިން ރަށުގެ ބައްޓަންވެސް ސިފަނީ 3 ތިނެސްކަނެއްހެނެވެ. ރަށުގައި ގެވަޅުތަކާ މަގުތައް ތަރުތީބު ވެފައި ވާގޮތަށް ބެލިޔަސް 3 ނެސްކަން ކޮށީގެ 11 ބައި ފެންނާނެވެ. ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ތެދަށް އޮންނާނީ 3 މަގެވެ . އެއީ 1އޮލިމަގު ނުވަތަ ދިގުމަގު 2 އާމަގު 3 އާނުދޮށުމަގު ނުވަތަ މައިގު މިއެވެ .

އެއް ދުވަސް ވަރެއްގައި ހިތާދޫ ފަޅުގައި 2 ފަޅުރަށްވިއެވެ. އެއީ ބޮޑުހުރާ ކިޔާސަރަހައްދުގައި އޮތް ރަށާއި ހިތާދޫ ފަޅުގެ އިރުން ދެކުނަށް އޮތް ފުށި ކިޔާ ރަށެކެވެ . ދިވެހިރާއޖޭގެ ތާރީހު ލިޔުއްވި ބޭފުޅުން ، ފުށި މިރަށަށް ހިތާދޫ ކުޑަރަށް ލިޔެފައިވާތަން ފެނެއެވެ. ޖުމްލަ 3 ރަށެއް މިރަށު ފަޅުތޭރޭގައިވިއެވެ . ފުށި މިރަށް ގިރައިގެން ދިޔަކަމަށް ބެލެވެނީ 1800 އަހަރުތަކުގެ ފަހުކޮޅު ބ އަތޮޅަށް ހުޅަގުން ޖެހުން ގަދަ ވިއްސާރަޔާ ޖެހުގު ގަދަ ވައިގެ ސަބަބުން ކަމަށް ބެލެވިދާ ނެއެވެ . އެއީ ބ އަތޮޅުގެ އެކިރަށްރަށް ގިރައިގެން ދިޔަ ހާދިސާ އެއްކަން ތާރީޙީ ލިޔުން ތަކުން ފެނެއެވެ. މިގޮތުން ތުޅާދޫގެ ފަޅުގައިވާ ފަޅުރަށަކާއި ތުޅާދޫގެ 2ބައިކުޅަ އެއް ބައި ގިރައިގެން ދިޔަކަން ތާރީޙީ ފޮތްކަތުން ފެނެއެވެ.

މާޅޮސް މަޑުލު ދެކުނުބުރި ބ- ހިތާދޫ އަކީ އަތޮޅުގެ ހުޅަގުން ދެކުނުބިތުގައި އޮންނަ ރަށެކެވެ .މިރަށުގެ ދިގުމިނުގައި 2600ފޫޓުއެވެ . މިރަށުގެ ފުޅާމިނުގައި 1430 ފޫޓް ވެއެވެ. 1430އިއް 13 ގެއްލީމައި އަންނީ 110 އެކެވެ 110އިން 10 ގެއްލީމައި އަންނަނީ 11 އެވެ
.

2600އިން 13 ގެންލީމައި އަންނަނީ 200 އެވެ. 200އިން 10 ގެއްލީމައި އަންނަނީ 20 އެވެ. 20 އިން 11 ކެޑީމަ އަންނާނީ 9 އެކެވެ. 9 އަކުން 3 ގެންލީމަ އަންނާނީ 3 ކެވެ. ރަށުގެ ނަމުގައި އެކުލެވިގެން ވަނީ 3 އަކުރެވެ. 4 ޖޫން 1962 ކުރިން ވެރިކަން ކުރީ ދަރަވަން ދޫގައެވެ. ވެރިކަން އޭދަފުށްޓަށް ބަދަލުކުރީ ހަމަ އެކަނި އޭދަފުށީ މީހުންގެ މަސައްކަތުން ނުވަތަ އޭދަފުށީ މީހުންގެ އެދުމުގެ މަތިން ނޫންކަންއެގެއެވެ. ކުރިން އޭދަފުށްޓަކީ 10 ވަނަ ރަށެވެ. ނަމަވެސް މިހާރު 8 ވަނަ ރަށެވެ. މިހާރު 10ވަނަގައި މިއޮތީ ބ ހިތާދޫ އެވެ . މެދުރާއްޖެތެރޭ މިރަށަކީ ރާއްޖޭގެމެދުގެ އަރިމަތީގައި އޮންނަ ރަށެކެވެ . ރަށުގެ ހުޅަގު ފަރާތުގައި އޮޅަގިރި ކިޔާ ފަޅުރަށެކެވެ.އުތުރުން ދެކުނަށް ގޮއި ފުޅަ ފެހެނދޫ، ހުޅަގުން ހުޅަނގުން ހުޅަނގު ދެކުނަށް ރާއްޖޭގެރަށެއް ނޯންނާނެއެވެ. އަތޮޅުގެ އެހެން ރަށްތައް އޮންނާނީ ހުޅަގުން އުތުރަށް އަދި އުތުރުން އިރަށެވެ . އިރުމަތި ފަރާތުގައި މާމަނޑުއްވަރި ކިޔާ ފަޅުރަށެކެވެ. މިފަޅުރަށް ( މާމަނޑުއްވަރި )އަކީ ބ ހިތާދޫ އަތްދިގު ހަނދޭގިރިންގެ ދަރިކޮޅުގެ ވަގުފެކެވެ. މި އަތްދިގު ( އައިދަގެ ) ހަނދޭގިރިން ނަކީ " މަލެއި " ޢާއިލާގެ ރަސްކަމުގައި އުޅުއްވި މަޝް ހޫރު ބޭކަލެކެވެ. އެޢާއިލާގެ އައިދިގު މާވާކިލެގެ އާއި ކައިވެނި ބައްލަވައިގެން ލިބުނު ދަރިކޮޅު ދެމިގެންއައެވެ.އަދި މާމަޑުއްވަރި އަކީ ހިތާދޫ ޢަލީކަންނާ ކަލޭގެ ފާނުގެ ދަރިކޮޅުގެ ރަށަކަށް ވެގެން 1204 މ ގައި އެޝަރީޢަތް ބެއްލެވީ އަލްޢާޟީ އިބްރާހީމް ސިރާޖުއަދީން އެވެ . ސާބިތުވީ އައިދިގު ހަނދޭގިރިން ގެ ވަގުފަކަށެވެ. ހަނދޭގިރިންގެ ނަމުގައި ވަނީ 10އަކުރެވެ. އަތޮޅުގެ ރަށްތަށް ތަރުތީބުވެފައިވާގޮތުން 10ވަނަގައި މިހާރު މިއޮތީ ހިތާދޫއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :