ބ. އަތޮޅު ހޮްސްޕިޓަލްގައި ގާއިމުކުރާ ކޮވިޑް ސެންޓަރު

ބ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓް ކުރަން ފަށަނީ

ހިތާދޫ އޮންލައިން | 01 ޖުލައި 2020

ޖީން އެކްސްޕާޓް ކާޓްރިޖު ބޭނުން ކޮށްގެން ބ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް19 އަށް ޓެސްޓު މި ހަފްތާތެރޭ ފެށޭވަރު ވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލް ހިމެނޭގޮތަށް އިތުރު ހަ ހޮސްޕިޓަލެއްގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ބޭނުންވާ ކާޓްރިޖް ޑަބްލިއު.އެޗް.އޯ އިން ރޭ ވަނީ ހެލްތު މިނިސްޓްރީއާއި ހަވާލު ކޮށްފައެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ އެ ހޮސްޕިޓަލަކީ ކޮވިޑް-19 އަށް ޚާއްސަ ފަރުވާދިނުމަށްޓަކައި އައިސީޔޫއެއް ގާއިމުކުރަމުންދާ ހޮސްޕިޓަލަކަށްވާތީ، މި ޚިދުމަތާއެކު ކޮވިޑް 19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ މި މަސައްކަތަށް ލިބުނު އިތުރު ފުރިހަމަ ކަމެއް ކަމަށެވެ.

ބ. އަތޮޅު ހޮްސްޕިޓަލްގައި ގާއިމުކުރާ ކޮވިޑް ސެންޓަރު
“ކޮވިޑް ހޮސްޕިޓަލުގެ އައިސީޔޫތައް ނިމި، މެޝިންތައް އިންސްޓޯލް ކުރެވި ނިންމުމަކަށް ދާއިރު މެޝިނާއި ކާޓްރިޖްތައް ލިބޭ ކަމީ ރައްޔިތުން އުފާކުރާނެ ކަމެއް،” ހޮސްޕިޓަލް ތަކުގެ ވެރިންނާއިއެކު ރޭ އެންއޯއީސީގައި ކުރިޔަށްދިިޔަ ބައްދަލުވުމުގައި ރަޝީދު ވިދާޅުވި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ފެށުމަށް ނިންމާފައި ވަނީ ށ. އަތޮޅު ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ގ.އ އަތޮޅު ހޮސްޕިޓަލް އަދި އަބުދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :