ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހާ ދެކޮޅަށް އޭދަފުށީގައި މުޒާހަރާ ކޮށްފި

ހިތާދޫ އޮންލައިން | 28 ޖޫން 2020





ވަޒީފާއާ ބެހާ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ބިލާ ދެކޮޅަށް އަޑު އުފުލައި އޭދަފުށީގައި ޒުވާނުން އިއްޔެ މުޒާހަރާ ކޮށްފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހާ ދެކޮޅަށް އަޑު އުފުލައި އޭދަފުށީގައި އިއްޔެ ހަވީރު ބޭއްވި މުޒާހަރާގައި ބައިވެރިވީ ރިސޯޓްތަކުގައި މަސައްކަތްކުރާ ޒުވާނުންނެވެ. އެ މީހުން ތިބީ އެ އިސްލާހާ ދެކޮޅަށް އެމީހުންގެ ޝުއޫރު ލިޔެފައި ހުރި ބޯޑުތަކެއް ހިފައިގެންނެވެ.

މަސައްކަތްތެރިން ތިބީ ވަރަށް ހާލުގައި ކަމަށާއި އިނާޔަތްތައް އަވަސްކޮށްދީ، އެ ގާނޫނަށް ހުށަހެޅި އިސްލާހުން މުވައްޒަފުން ބިކަވާނެ ކަމަށް ވެސް ބޯޑުތަކުގައި ލިއެފައިވެ އެވެ.

މީގެ އިތުރުން ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ތިން މަހުން ހަ މަހަށް އިތުރުކުރަން ދެކޮޅު ކަމަށް ވެސް އެރަށުގައި ބޭއްވި މުޒާހަރާގައި ބޭނުންކުރި ބޯޑުތަކުގައި ލިއެފައިވެ އެވެ.

ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކޮށް، ސަލާމް ބުނުމުގެ އުސޫލުތަކަށް ބަދަލު ގެންނަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާ އެކު އާއްމުންގެ ފާޑުކިޔުން އެ ބިލަށް ވަނީ އަމާޒުވެފަ އެވެ.

ބިލުގައިވާ މިނޫން ވެސް ބައެއް ބަދަލުތަކާ މެދު އާއްމުން އަންނަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ali be

ރިސޯޓް ހިއްސާ ދާރުން ގެ އެއްވުމެއް