ނިޔާމަ ބޯޓް ފުންކޮށް ހިތާދޫ ފަޅުތެރެއަށް ވައްދާފައި– ފޮޓޯ - ހިތާދޫ އޮންލައިން

މިރޭ ހިތާދޫ ފަރަށް އެރި "ނިޔާމަބޯޓު" ފުން ކޮށްފި

ހިތާދޫ އޮންލައިން | 25 ޖޫން 2020





މިރޭ އިރާކޮޅު ބ. ހިތާދޫ ފަރަށް އެރި އޭދަފުށީ ނިޔާމަ ބޯޓް ފުންކޮށްފި އެވެ.

ހިތާދޫގެ ރައްޔިތުން ކުރި މަސައްކަތުން ނިޔާމަ ބޯޓު ފުންކޮށްމިރޭ 9:15 ހާއިރު ވަނީ ރަށު ފަޅުތެރެއަށް ވައްދައިފައެވެ.

ފުންކުރި އިރު ބޯޓަށް ބޮޑު ގެއްލުމެއް ނުވާ ކަމަށާއި ނަމަވެސް ބޯޓުގެ ބުރަފައްޗަށް ގެއްލުން ވެފައިވާ ކަމަށް ބޯޓު ފުންކުރަން ދިޔަމީހުން ވަނީ ބުނެފައެވެ.

ނިޔާމަ ބޯޓް ފަރަށް އެރީ ހިތާދޫ އަށް ވަންނަން އުޅުމުގެ ތެރޭގައި މޫސުން ގޯސްވުމާ ގުޅިގެންނެވެ. ބޯޓު އެރީ އެރަށު ނެރުގެ ފައިކަށީގެ އެތެރެއަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :