ކޭތަ ނަމާދު ކުރުން ހެނދުނު 10:30 ގައި ހުކުރު މިސްކިތުގައި

ހިތާދޫ އޮންލައިން | 21 ޖޫން 2020

މިއަދު ހެނދުނު ހިފާ އިރުކޭތައާ ގުޅިގެން، މިއަދު ހެނދުބު 10:30 ގައި ހިތާދޫ ހުކުރު މިސްކިތް މަސްޖިދުލް މޫސާ ޢަލީގައި ޖަމާއަތުގައި ކޭތަ ނަމާދު ކުރާނެ ކަމަށް ހިތާދޫ ކައުންސިލުން ބުނެފިއެވެ.

ރާއްޖެ އަށް މި ކޭތަ ހިފަން ފަށާނީ ހެނދުނު 9:31 ގަ އެވެ. އެންމެ ބޮޑަށް ހިފާފައި ހުންނާނީ، 10:51 ގަ އެވެ. ކޭތަ މުޅިން ވީއްލާނީ، މެންދުރު 12:14 ގަ އެވެ. މި ކޭތަ ރާއްޖެ އަށް ފެންނާނީ، ފަޅި ކޭތައެއްގެ ގޮތުގަ އެވެ.

އިރުކޭތަ ހިފަނީ ދުނިޔޭގެ ވަށައިގެން ހަނދު ބުރުޖަހަމުން ދާއިރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ، އިރުގެ އައްޔަށް ހުރަސް އެޅުމުންނެވެ.

ކޭތަ އެންމެ ސާފުކޮށް ފެންނާނީ އެކްސްރޭ ޝީޓު ފަދަ ހުރަހެއް ބޭނުންކޮށްގެންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :