ހިތާދޫ ޔޫތުވިންގ 22 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރުއް އިންދަނީ ފޮޓޯ - ހިތާދޫ އޮންލައިން

ހިތާދޫ ޔޫތުވިންގ އިން ޕިކްނިކް ސަރަހައްދުގައި ރުއް އިންދައިފި

ހިތާދޫ އޮންލައިން | 16 ޖޫން 2020

ހިތާދޫ ޔޫތުވިންގ ޖަމްޢިއްޔާގެ 22 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމާއި ދުނިޔޭގެ ތިމާވެށިދުވަސް ފާހަގަ ކުރުމުގެ ގޮތުން އެޖަމްޢިއްޔާގެ މެންބަރުން ރުއް އިންދައިފިއެވެ.

ހިތާދޫ ޔޫތުވިންގ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ އަހަރީ ދުވަހަކީ ކޮންމެ އަހަރަކުވެސް މެންބަރުންގެ މެދުގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގާ ދުވަހެއްކަމަށާއި ނަމަވެސް މިހާރު ދިމާވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ހަރަކާތްތަށް ނުހިންގަން ނިންމީކަމަށެވެ.

ޝަރީފު ވިދާޅުވީ އެގޮތުން ދިނިޔޭގެ ތިމާވެށި ދުވަހާއި އަހަރީ ދުވަހުގެ ހަރަކާތެއްގެ ގޮތުން ރުއް އިންދުމުގެ ހަރަކާތެއް އިއްޔެ ހަވީރު ކުރިއަށް ގެންދެވިފައި ވާ ކަމަށެވެ. މިހަރަކާތުގައި ޖަމްޢިއްޔާގެ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރި ވެފައިވާކަމަށާއި މެންބރުންނަށް ޝުކުރާއި 22 ވަނަ އަހަރީ ދުވަހުގެ ތަޙަނިޔާ އރިސް ކުރަށްވާކަމަށްވެސް ރައީސް އަޙްމަދު ޝަރީފު ވިދާޅުވިއެވެ.

އިއްޔެގެ މި ހަރަކާތުގައި ބޯޅަދަބުޑު ސަރަހައްހުގައާއި ޕިކްނިކް ސަރަހައްދުގައި ވަނީ ރުއް އިންދާފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :