ހިތާދޫ އޮންލައިން | 14 ޖޫން 2020
މާދަމައިން ފެށިގެން ކޮވިޑް ނެތް ރަށްރަށަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެޗްޕީއޭ އިން އިއުލާން ކޮށްފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، ހޯމަ ދުވަހުން ފެށިގެން ބޮޑު ލުޔެއް ދޭން ނިންމާފައިވާއިރު، ކޮވިޑް-19 ނެތް ރަށްރަށަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އެކަމަކު، މާލެ އިން ފުރާ މީހުންނާއި މާލެ އަންނަ މީހުން ވަކި ޕްރޮސެސްއެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން މާލެއަށް ދަތުރު ކުރަން ބޭނުންވާނަމަ އެ އޮންނަ އުސޫލުގެ ތެރެއިން ފުލުހުންނާއި، އެރަށެއްގެ ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭނެއެވެ. އަދި ބަލި ހުރި ރަށްތަކަށް ނޫނީ ބަލި ހުރި ރަށަކުން އެހެން ރަށަކަށް ދަތުރު ކުރާނަމަވެސް ހުއްދަ ހޯދަން ޖެހޭނެއެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި މި ލުޔާއެކު، އަންނަ ހޯމަދުވަހުން ފެށިގެން ބަލި ނެތް ރަށްތަކުގެ ޑޮމެސްޓިކް އެއާޕޯޓްތައް ހުޅުވައި، ދަތުރު ކުރުމަށް ވެސް ވަނީ ލަފާ ދީފައެވެ.
ކިޔުންތެރިންގެ ޚިޔާލު...
ފަހުގެ ލިޔުންތައް..
18 ޖަނަވަރީ 2021
12 ޖަނަވަރީ 2021
11 ޖަނަވަރީ 2021
11 ޖަނަވަރީ 2021
09 ޑިސެންބަރ 2020
07 ޖަނަވަރީ 2021
06 ޖަނަވަރީ 2021
06 ޖަނަވަރީ 2021
31 ޑިސެންބަރ 2020
24 ޑިސެންބަރު 2020