ގޮތި ތުނޑި ހުޅުވުމުގެ ތެރެއިން. ފޮޓޯ- ހިތާދޫ އޮންލައިން

ހިތާދޫ " ގޯތި ތުނޑި " ހުޅުވައިފި

އަޙްސަނު އަޙްމަދު | 13 ޖޫން 2020

ޒަމާނުއްސުރެ ބ. ހިތާދޫގައި ނަން މަޝްހޫރު ވެފައިވާ "ގޯތި ތުނޑި" މެންދުރު ފަރިއްކޮޅަކާއި އެކު މިއަދު ހުޅުވައިފިއެވެ.

ގޯތި ތުނޑި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ތުނޑި ހުލުއްވައި ދެއްވީ އެސަރަހައްދުގެ ދޮށީ ޢުމުރުގެ ދެކަނބަލުން ކަމަށްވާ ކުރީގެ ކުޑްކަތީބުގެ ހުވަފަތް އަނބި ކަނބަލުން ޞާބިރާ ހަސަނާއި ކުރީގެ މުދިމްބެ އިސްހާގު އަބޫބަކުރުގެ އަނބިކަނބަލުން ފާތިމަތު ޤާސިމެވެ.

މިކަން އިންތިޒާމު ކުރި ބ. ހިތާދޫ ސްމާޓް ޔޫސުފު އާދަމް ބުނީ މިހަރަހާތަކީ އެސަރަހައްދުގައި ހިއްއުފާކޮށްލާ މަޖާކޮށް މޫދަށް އެރިލުމަށް ތަނެއް ހެދުމުގެ ގޮތުން މޫދު ވިނަ ނޮޅައިސާފުކޮށް އެ ސަރަހައްދުގެ ހޭޅި ސާފުކުރުމަށް ހިންގި ހަރަކާތެއްކަމަށެވެ. އަދި މިމަސައްކަތުގައި ސަރަހައްދުގެގިނަ ބަޔަކު ބައިވެރި ވެފައިވާކަމަށާއި މިއެންމެހާ ފަރާތްތަކަށް ޝުކުރު ދެންނެވިއެވެ.

ގޯތި ތުނޑި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަފްލާގެ ޝަރަފްވެރި މެހުމާނު ހިތާދޫ ހެލްތު ސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ޢާމިރު ޢަބްދުއްލަޠީފު ވިދާޅުވީ މިއީ ވަރަށްވެސް އުފާވެރި މަންޒަރެއްކަމަށާއި މީގެކުރިންފެނި ފަހަކަށް އައިސް ކުލަ ފަނޑުވަމުން ގޮސްފައިވާ ވަރަށް އުފާވެރި މަންޒަރެއްކަމަށެވެ. މި މަންޒަރު މިއަދު ގޯތިތުނޑި ސަރަހައްދުން އަލުން މިމަންޒަރު ފެނުމަކީ އާފާލެއްކަމަށާއި ހުރިހާ ރައްޔިތުން ގުޅިގެން އެކުވެރިކަމާއިއެކު ސަރަހައްދު ސާފުކޮށް އަބަދުވެސް ބޭއްވުމަށް ޝަރަފްވެރި މެހުމާނު ގޮވާލެއްވިއެވެ.

"2010 /2009 ހިސާބުގައި މިސަރަހައްދަކީ މިގޮތަށް ސާފުކޮށް ބަލަހައްޓަމުން އައި ސަރަހައްދެއް. އަލުން ސާފުކަން ގެއްލިގެން ދިއައީ އެކަކު ކުނިއެޅުމުން އަނެކަކުވެސް ކުނިއެޅުމުން. އަޅުގަނޑު ގޮވާލަން އެހެން ނުހައްދަވާ މީހަކު ކުނިއަޅައި ފިނަމަ އޭނާގާތު ބުނެލައްވާ ތިހެއްދެވީ ގޯހެކޭ ހިނގާށޭ އެތަން ސާފުކޮށްލަން"

ޢާމިރު އުރތުރަށް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ލުއި ދެއްވީ ކޮވިޑުގެ ނުރއްކާ ކުޑަވެގެން ނޫންކަމަށާ ބޭރުތެރޭގައި އުޅުއްވާއިރު ސިއްހީ ވުޒާރާއިން އަންގާ އެންގުންތަކާއި އެއްގޮތަށް ގައިދުރުކޮށް އުޅުއްވުމަށް ނަސޭހަތްތެރިވެލައްވާ ކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :