ހިތާދޫ ކައުންސިލުން ފެނަކައާއި މާސްކު ހަވާލު ކުރަނީ. ފޮޓޯ - ހިތާދޫ އޮންލައިން

ހިތާދޫ ކައުންސިލުން މުއައްސަސާތަކަށް މާސްކާއި އަންގި ހަދިޔާ ކޮށްފި

ހިތާދޫ އޮންލައިން | 10 ޖޫން 2020

ބ. ހިތާދޫ ކައުންސިލުން ހިތާދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކަށް އަންގިއާއި މާސްކު ހަދިޔާ ކޮށްފިއެވެ.

ހޯމަ ދުވަހު ހިތާދޫ ކަައުންސިލުގައި ބޭއްވި ރަސްމިއްޔާތުގައި ހިތާދޫ ސްކޫލާއި ހިތާދޫ ސިއްހީމަރުކަޒު އަދި ފެނަކަ ބްރާންޗް މި ކޮންމެ މުއައްސަސާއަކަށް ސަތޭކަ މާސްކާއި އަންގި ފޮއްޓެއް ވަނީ ހަވާލު ކޮށްފައެއެވެ. މިތަކެތި ޙަވާލު ކޮށްދެއްވީ ހިތާދޫ ކައުންސިލުގެ ރައީސް ޢަބްދުލް ޢަޒީޒު މުޙައްމަދެވެ.

ހިތާދޫ ކައުންސިލުން ބުނީ މިއީ ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން ލޯކަލް ގަވަރމަންޓު އޮތޯރިޓީއާއި ކޭޕާކް ރެސިޑެންސްގެ ފަރާތުން އެކައުންސިލަށް ހަދިޔާ ކޮށްފައިވާ ތެކެތި ކަމަށެވެ


ކިޔުންތެރިންގެ ޚިޔާލު...


ނަން :