ބ. ކަމަދޫ ވޭސްޓް މެނޭޖުމަންޓް ސެންޓަރ

ރުކެއް ވެއްޓި ކަމަދޫ ވޭސްޓް މެނޭޖުމަންޓް ސެންޓަރަށް ގެއްލުން ވެއްޖެ

ހިތާދޫ އޮންލައިން | 15 މެއި 2020

މިއަދު ފަތިހު ކުރި ވިއްސާރައިގައި ޖެހުނު ގަދަވަޔާއެކު ބ. ކަމަދޫ ވޭސްޓު މެނޭޖުމަންޓް ސެންޓަރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ކަމަދޫ ކައުންސިލުން ބުނީ މިއަދު ފަތިހު އެރަށަށް ކުރި ވިއްސާރައިގައި ވޭސްޓް މެނޭޖުމަންޓުގެ ޢިމާތެއް މައްޗަށް ރުކެއް ވެއްޓި ވަރަށް ބޮޑަށް ގެއްލުން ވެފައިވާކަމަށެވެ.

މިއަދު މެޓް އޮފީހުން ވަނީ އުތުރުގެ ބައެއް އަތޮޅުތަކާއި މެދުރާއްޖެތެރެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އެ ގޮތުން މެޓް އޮފީހުން ބުނީ، ށ. އަތޮޅުން މ. އަތޮޅާ ދެމެދަށް މިއަދު ހެނދުނު 11:00 އިން ފެށިގެން މެންދުރު ފަހު 3:00 އާ ދެމެދުގެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރާނެ ކަމަށެވެ. އަދި އާންމު ވައި ގަޑިއަކު 28 މޭލާއި 35 މޭލަށް ހުންނާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް މެތް އޮފީހުން ބުނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :