ޝައިޚް ޙުސައިން ޔޫސު ފައިލްފޮޓޯ- ހިތާދޫ އޮންލައިން

ޝެއިޚް ހުސައިން ޔޫސުފު އަވަހާރަވެއްޖެ

ހިތާދޫ އޮންލައިން | 07 މެއި 2020





ހިތާދޫ ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސައިންގެ ބައްޕާފުޅު ހިތާދޫ ޝެއިޚް ހުސައިން ޔޫސުފް އަވަހާރަވެއްޖެ އެވެ.

ޝެއިހު ހުސައިން ޔޫސުފް އަވަހާރަވީ މިރޭގެ ވަގުތެއްގައި އިންޑިއާގަ އެވެ. ޝެއިހު ހުސައިން ޔޫސުފަކީ ރައްޔިތުންގެ މަޖިލީހުގެ ބ. އަތޮޅުގެ މެމްބަރު ކަމާއި ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޖަސްޓިސް މިނިސްޓްރީގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި އެވެ.

ޝެއިހު ހުސައިން ޔޫސުފަކީ، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ އެމެބެސަޑަރު ތިލްމީޒާ ހުސައިންގެ ވެސް ބައްޕާފުޅެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :