ރޯދަ ވީއްލުމަށް ހެދި ތަކެތި. ފޮޓޯ- ނާފިޒު

ހިތާދޫ ރައްޔިތުން ރޯޔަލް ކަރަންޓިނުގައި ތިބި މީހުންނަށް ރޯދަ ވީއްލުމެއް ދީފި!

ހިތާދޫ އޮންލައިން | 04 މެއި 2020





ބ. އަތޮޅު ރޯޔަލް އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީއަށް ބަ. ހިތާދޫ ރައްޔިތުންގެ ފަރާތުން ރޯދަ ވީއްލުމެއް ހަދިޔާ ކޮށްފިއެވެ.

އިއްޔެ ހަދިޔާކުރި މި ރޯދަ ވީއްލުމުގެ ބޭނުމަކީ ކަރަންޓީން ފެސިލިޓީތަކުގައި ޢާއިލާ އާއި ދުރުގައި ދުވަސްތައް ހޭދަ ކުރަމުންދާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ. އަދި ކަރަންޓީން ފެސިލިޓީތައް ބެލެހެއްޓުމުގެ ބުރަ މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށްވެސް ހިތްވަރު ދިނުމެވެ.

ރައްޔިތުންގެ ފަރާތުން ހަދިޔާކުރި ކަރާތައް ރޯޔަލް އަށް ގެންދިއުމުގެ މަސައްކަތް ކުރީ އެރިސޯޓުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :