ބިއެމްއެލް ބ. އޭދަފުށި ބްރާންޗު. ފޮޓޯ - ހިތާދޫ އޮންލައިން

އަންނަ ހޯމަ ދުވަހާ ބުދަ ދުވަހު ގައުމީ ބޭންކު ހުޅުވަނީ

ހިތާދޫ އޮންލައިން | 25 އެޕްރިލް 2020

ބޭންކުން ބުނީ އަންނަ ހޯމަ އަދި ބުދަ ދުވަހު ބޭންކުގެ އަސާސީ ހިދްމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެދެ ދުވަހުވެސް ކަސްޓަމަރުންނަށް ހިދްމަތް ދޭނީ ހެނދުނު ހެނދުނު 9:30 އިން ފެށިގެން 12:30 އަށް ކަމަށެވެ.

ބޭންކުން ދިނުމަށް ހަމަޖެހިފައިވާ ހިދްމަތްތައް:
1- ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން: އިންޓަނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ގެ ޚިދުމަތް ހޯއްދެއްވުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް InternationalTransfers@bml.com.mv
މެދުވެރިކޮށް ފޮނުވޭނެއެވެ. އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެދި ހުށަހެޅޭނެއެވެ
ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަރ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.

2- ޕޭ ރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ޚިދުމަތް: ޕޭ ރޯލްގެ ޚިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މި ޚިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/payroll-services މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ބީއެމްއެލްގެ އެކައުންޓަކުން ޕޭރޯލް ހަމަޖައްސާނަަމަ، ހެނދުނު 11.00 ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެއެވެ.
އެހެން ބޭންކެއްގެ އެކައުންޓަކުން ޕޭރޯލް ހަމަޖައްސާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ 10.00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ.

3- އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން: އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިންގ ޗެކްތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައެވެ.
ހެނދުނު 11.30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެއެވެ.

4- ލޯކަލް ބޭންކް ޓްރާންސްފަރ: ހެނދުނު 10.00 ޖެހުމުގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ.

ހެނދުނު 11.30 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ.

ހެނދުނު 11.30 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ.

ބޭންކުން ބުނީ މި ދެ ދުވަހުވެސް އެއްވެސް ބްރާންޗަކުން ނަގުތު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށެވެ.

ބޭންކުން ބުނީ (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ޚިދުމަތް ލިބޭނެކަމަށެވެ. އަދި ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭނެކަމަށާއި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ


ކިޔުންތެރިންގެ ޚިޔާލު...


ނަން :