ބިދޭސީސްތަކެއް މަސައްކަތް ކުރަނީ ފޮޓޯ - ހިތާދޫ އޮންލައިން

ބަންގާޅީންނަކީ ކޮބާ؟

ހިތާދޫ އޮންލައިން | 21 އޭޕްރީލު 2020





ދިވެހިން "ބަންގާޅީން" ކިޔަނީ ކޮން ބަޔަކަށް ހެއްޔެވެ؟ ކޮން ބޭނުމެއްގައި ކީއްވެ ކިޔާ ނަމެއްހެއްޔެވެ؟

ދިވެހި ބަސްފޮތުގައި "ބަންގާޅު" މާނަ ކޮށްފައި އޮންނަނީ ބަނގުލަދޭޝް އަށެވެ. ނަމަވެސް ދިވެހިން މިބަސް ބޭނުންކުރަނީ ބަނގުލަދޭޝް މީހުންނަށް ހެއްޔެވެ؟

ދިވެހިން "ބަންގާޅީ" މިބަސް ބޭނުންކުރަނީ ހަމަ އެކަނި ބަނގުލަދޭޝް މީހުންނަށް އެކަންޏެއް ނޫންނޫނެވެ. އިންޑިއާ މީހަކަސް ލަންކާ މީހަކަސް އާދައިގެ މަސައްކަތު މީހެއް ވިއްޔާ އެމީހަކީ ބަންގާޅީ އެކެވެ. އަވައްޓެރި ގައުމަކުން އައިސްފިނަމަ ހަމުގެ ކުލަ ކަޅިއްޔާ އެއީ ދިވެހިންގެ ނަޒަރުގައި "ބަންގާޅީ" އެވެ.

ދިވެހިން ދެކޭގޮތުންނަމަ ބަންގާޅީންނަކީ ”އާދައިގެ“ މަސައްކަތް ނުވަތަ ލޭބަރުންގެ ތެރެއިން ހަމުގެ ކުލައަލިނޫންއަވައްޓެރި ޤައުމުތަކުގެ ބިދޭސީންނެވެ.

ޔޫރަޕުގެ މީހަކު ނުވަތަ އޭސިޔާގެ މީހަކުވިޔަސް ހަމުގެ ކުލަ އަލިވެފައި ދޮން ނަމަ ލޭބަރަކުވިޔަސް އެމީހަކީ ބަންގާޅީ އެއް ނޫނެވެ. ދިވެހިންގެ ންގެ ނަޒަރުގައި "ބަންގާޅީ" މިއީ ކުރާ. މަސައްކަތުގެ ގޮތުން އެމީހުންގެ ނަސްލާ ހަމުގެ ކުލައިގެ ސަބަބުން ދޭ ލަގަބެކެވެ. މަލާމާތް ކުރުމާއި ފުރައްސާ ކުރުމާ ބާކީކޮށް ނިކަމެތި ކޮށްލުމުގެ ގޮތުން ދޭ ލަގަބެކެވެ.

ބަނގުލަދޭޝް އިންޑިއާ ލަންކާ ގެ ޑަކްޓަރުންނާ ރިސޯޓް މެނޭޖަރުންނާއި ކުންފުނި ތަކުގެ ބޮޑެތި ވަޒީފާތައް އަދާކުރާ މީހުންނާއި ދިމާލަށް ބަންގާޅީންނޭ ކިޔައި ނޫޅެއެވެ. އެއީ އެމީހުން ކުރާ މަސައްކަތުގެ ސަބަބުންނެވެ.

ދިވެހިން ބޭނުންކޮށް އުޅޭ "ބަންގާޅީން" މި ލަފްޒަކީ އޭގައި ނަސްލީ ތަފާތު ކުރުން އިންތިހާ އަށް އެކުލެވިގެންވާ ލަފްޒެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :