މާޒީވެ ދިޔަހާ ތަނުން ޙާޞިލު ވަނީ ޢިބްރަތޭ

އިބްރާހިމް މުހައްމަދު ލިޔާގެ ބ. ތުޅާދޫ | 11 އޭޕްރީޅު 2020





މޫސުމީ ރީތި ރޭގަޑެކެވެ. ފަޑު ފަޑު މިލަ ހަނދުވަރެއް ދުނިޔޭގެ މެދުއުޑުގައި ދަތުރު ކުރަމުންދާ ހަނދުން ދުނިޔެއަށް ދެމުންދިޔައެވެ. ހިމޭން ވެފައިވާ ދުނިޔޭގެ ވައިރޯޅީގެ ތެރެއިން ގޮނޑުދޮށަށް ބިއްސާލާ ރާޅުތަކުގެ މޫސީޤީ އަޑު ފިޔަވާ އެހެން އެއްވެސް އަޑެއް މި ދުނިޔޭގައި ނެތް ކަހަލައެވެ. ހަނދު އަދިވެސް ނޫ އުޑުގައި މިނިވަންކަމާއި އެކު ވިލާރޯޅިގެ ބީހިލުމެއް ނެތް ޙާލުގައި ހުޅަގު ފަރާތު އުދަރެހާ ދިމާއަށް ދަތުރު ކުރަމުން ދަނީއެވެ. w
ކުއްލިއަކަށް ފޯނެއް ރިންގު ވާއަޑުން މި ހިމޭން ފަޒާ ސިއްސުވާލިއެވެ. ކުޑައިރުކޮޅަކުން ފެނުނީ ރަށުގެ ހުޅަގުފަރާތު އަތިރިމަތީ ހުރި ހޮޅުއަށިން މީހަކު ތެދުވެ މޯޅިއަކަށް ދެމިލާފައި ފޯނަށް ޖަވާބު ދޭ މަންޒަރެވެ. މި ފަޑު ހަނދުވަރުގެ ތެރެއަށް އެޅިފައިވާ ގަސްގަހާގެހީގެ ހިޔަނީގެ ފަޑު އަލީގައި އެއީ ކާކުކަން ދެނެގަންނަން ވަރަށް އުދަގޫ ކަމަކަށް ވެއެވެ. އެމީހަކު ތެދުވެ ގަސްތަކުގެ ތެރެއިން ހިނގާފައި ދިޔައީ މީހުން އާބާދު ވެފައިވާ ދިމާއަށެވެ. ރަށުގެ ބޮޑުމަގުން އޭނާ ކުރިއަށް ހިގަމުން ދިޔައެވެ. އިސްކޮޅުން ދިގު މީހެކެވެ. ވައިރޯޅިތައް އޭނާގެ ނިތުކުރީގައި އިސްތަށިތަކާއި ސަމާސާ ކުރާ ކަހަލައެވެ. ފަތިސްދަމުގެ މިގަޑިގައި ތަންކޮޅެއް ވައި ބާރު ވަމުން އަންނަކަން ފާހަކަކުރެވެއެވެ. އޭނާ ރަށުގެ އިރުމަތީ ފަރާތުގައި ހުރި ގެއަކަށް ގޮސް ވަނެވެ. އޭރު ގަޑިން 3 ޖަހާ ބޮޑުވެއްޖެއެވެ. w
" މާހިދު .... ކޮންތާކު ތިއުޅުނީ .... " ގޭތެރެއަށް އޭނާ ވަނުމާއިއެކު ދޮރުލައްޕާލިއަޑަށް އެތެރެއިން މީހަކު އަހާލިއެވެ. w
" ވާހަކަ ދައްކާނީ މާދަމާ މިހާރު މިހުރީ ވަރަށް ނިދިއައިސްފަ " w
" މަކައިރީ ކޮފީއަށް ދާންޖެހޭނޭ ކިޔާފައި ބޭރަށް ދިޔަ މީހާ ވިއްޔަ ... ކޮންތާކު ތިއުޅުނީ .... އަނެއްކާ މި ބުރުނީން ފަތްމިންޏަކާ ދިމާވިތަ؟ .... "w
" އަނގަ ނުތަޅާ ނިދާބަލަ ! މާދަމާ ވަރަށް ހެނދުނާ ހޭލަން އެބަޖެހޭ .... "
" އޯކޭ .... މާހިދު ބޭނުންގޮތެއް .... "
މާހިދުގެ އެކުވެރިޔާވެސް ކޮޓަރިއަށް ވަދެ އޮށޮ އޮތީ ނިދާށެވެ. އޭނާއާ މިފަހަރު މިބައްދަލުވި ރަޙްމަތްތެރިޔާ އަކީ އާދަޔާ ޚިލާފު މީހެއްކަން އޭނާއަށް ފާހަކަކުރެވުނެވެ. ގިނަ ވަގުތު މަސައްކަތުގައި އުޅެން ބޭނުންވާ މާހިދު އާ މެދު އޭނާ ވިސްނަމުން ދިޔައެވެ. މުޥައްޒިފުންނާއި ގުޅޭ އެހެނަސް މާގިނައިން މީހުންނާއި ވާހަކަ ދެއްކުމަށް ބޭނުންނުވާ މާހިދު ގެ މޫނުމަތީގައި އަބަދުހެން ހުންނަ ސީރިޔަސް ކަމަކީ އޭނާގެ ޙަޔާތުގައި ކަންތައްތަކެއް ފޮރުވައިގެން އުޅޭ ކަމުގެ ހެއްކެކެވެ. އެކަމަކު މީދެން އޭނާއަށް ބެހޭވެސް ކަމެއް ނޫންވިއްޔާއެވެ. މާހިދު އޭނާއާ ބައްދަލުވިތާ އަދި މިވީ އެންމެ ހަފުތާއެކެވެ. އެއީ މިކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ އެވެ. w
އަރަމުންދިޔަ އިރުގެ ހޫނުކަން ކުޑަދޮރުން މާހިދުގެ މޫނަށް ހޫނު ކުރަމުން ދިޔަ ކަހަލައެވެ. އޭނާއަށް ހޭލެވުނީ އައްމަޑޭ އޭނާއަށް ގޮވީމައެވެ.d
" މަ މި ނިކުންނަނީ ... 10 މިނަޓްސް ދީބަލަ ! ...." މާހިދު ތެދުވެ ފާޚާނާއަށް ވަންނަމުން ބުންޏެވެ.
" އޯކޭ .... ދިހަ ގަޑި އިރުވެސް ލިބިދާނެ އެކަމަކު މަގޭ ބަނޑު ތޮރުފަން ފަށައިފި .... "
" އަނެއްކާ ގުދަނުގައި ހުރި މަކިޓާ ބުރުމާތައް ސަލާމަތުން ހުންނާނެބާ؟ " މާހިދު ދަތްއުނގުޅަމުން ހިނިގަޑެއް ޖަހާލިއެވެ. w
" އެއްޗެކޭ ދޯ ތިކިޔަނީ .... " w
" ނޫނޭ .... އެއްޗެކޭ އެއް ނޫން .... ތިބަނޑަކަށް ސަލާމް ބުނި ...." w
އަނގަ ނުތަޅާ !!! އަވަސްކޮށްގެން އާދޭ .... ބޯޓު ލަފާނެ ކުޑައިރުކޮޅަކުން ... މާހިދު ނެތިއްޔާ އެންމެ އެއްޗެއްވެސް ނުބޭލޭނެ .... "
މާހިދު ކުޑައިރުކޮޅެއްގެ ތެރޭ ތައްޔާރު ވެގެން ނުކުތެވެ. އައްމަޑޭ އާއެކު އޭނާ ދިޔައީ ސައިބޯށެވެ. ސައިބޮއެގެން ސައިކަލުގައި ނިކުތީ މަސައްކަތް ކުރާ ސަރަޙައްދަށެވެ. ބުރުނީގައި ތައްޔާރު ކުރަމުންދާ މިސްކިތުގެ މަސައްކަތް ކުރަމުންދަނީ މާހިދުމެންގެ ކުންފުނިންނެވެ. w
" ސަރ .... ސިމެންތި ހުރީ ހަމައެކަނި މިހާރު މެޝިނުން އެގަށާ ސިމެންތި ކޮޅު އެކަނި ... ކިހިނެއް ވޯރކު ކުރާނީ ... މަތީ ބީމުގައި އަޅާ ދަނގަޑުތައްވެސް އަދި ވެސް ނާދޭ .... "w
" ހާސްނުވޭ ... މުރުގަންނާ .... މިއަދު ހުރިހާ ސާމާނެއްވެސް އެބައާދޭ .... ކުޑައިރުކޮޅަކުން މަ ގުޅާލީމަ ޑްރައިވަރައެކު 6 ލޭބަރުން ގޮވައިގެން ހާރބަރަށް އާދޭ .... "w
" އޯކޭ ... ސަރ " w
" އައްމަޑޭ ކަލޭ މަށާއެކު އާދޭ ދާން .... މަ ކުޑަކޮށް މިރަށަށް އާވާނެ .... ހިގާ ބަނދަރަށް ދަމާ .... ދޯ .... " w
" ހެއް ހެއް ހެއް ... " އައްމަޑޭ ހީލިއެވެ. w
" މަޑުކޮށްލާ! އިއްޔެ މިތަނަށް އައިސް މަގޭ އަވިއައިނު ލޮރީގައި ބޭއްވިފަ ވީ .... ހާދަ އަވިބާރޭ ... މަށަކަށް ނުނުކުމެވޭނެ ސަންގުލާސް އާ ނުލައެއް ... " މާހިދު ލޮރީ އަށް އަރާ އައިނު ނަގައިގެން އައިސް ސައިކަލަށް އަރާ ސްޓާރޓް ކޮށްލިއެވެ. w
" އަވިގަދަ އީ ކީ އެއްވެސް ނޫން ... ބިޓުންގެ މޫނަށް ބަލާނެ ގޮތެއެ ތިހޯދީ ... ހެއްހެއްހެއް ... " އައްމަޑޭ އާދައިގެ މަތިން ލާނެތްކަމާއިއެކު ހީގަތެވެ. w
" މީ އަންހެނުން ހުސްވި ކޮޅުމަތިދޯ !! އެހެންނޫނަސް ކޮޅުމަޑުލުގައި ރީތި ކުދިން އުޅޭވާހަކަ އަކީ ޒަމާނުއްސުރެ ރާއްޖެއަށް މަސްހޫރު ވާހަކަ އެއް .... މަށަށް ރަގަޅީ ތި އަންހެން ވެރިންގެ ވާހަކަ ނުދެއްކިޔާ .... " w
" އެގިދާނެތާ ތިއެއް .... ތީ ފަހެ ފިރިހެނެއް ނޫންތަ؟ ... "w
" ފިރިހެނެއް .... އެކަމަކު ... ފަހުންތިވާހަކަ ދައްކާނީ ... އެއޮއް ބޯޓު ބަނދަރު ކުރަނީ ..... " w
މާހިދު އާއި އައްމަޑޭ ބޯޓު ކައިރިއަށް ގޮސް އައިސްފައިހުރި ސާމާނުތަކަށް ބަލާލާފައި މުރުގުންނާއަށް ގުޅާފައި ބޯޓުން އަންލޯޑް ކުރާވަރަކުން ސާމާނުތައް ސައިޓަށް ގެނދިޔުމަށް ބުންޏެވެ. w
މާހިދު ހުރީ ކައްޕިޔާ ވާހަކަދައްކާށެވެ. ބަނދަރު ހޮޅުއަށިން މީހަކު ގޮވާލީމާ އައްމަޑޭ ދިޔައީ ހޮޅުއަށްޓަށެވެ. w
" އަޙްމަދު .... މީކާކުތަ؟ ކަލެއާއެކު އެއުޅެނީ ... "w
" އެއީ މިކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ... ކިޔަނީ މާހިދު ... ކުރިން ހުރި މެނޭޖަރ އެހެންރަށަކަށް ބަދަލުކޮށްފައި މިރަށަށް ފޮނުވީ މާހިދު ... "w
" ކުރިން ހުރިމީހާ މާލޭކޮޅުން ބޯޓެއްއަޔަސް ބަނދަރަށް އައިސްފަ މިތާއަނގަތަޅާފައި ތާސްކުޅެފަ ދާނީ ... މިމީހާ ބޯޓަށްއަރައި ހުރިހާއެއްޗެއްވެސް ބަލާހަދާ ... ކުރިންދުވަހަކުވެސް އެކަންކަން ފާހަކަ ކުރެވުނު ... ހީވަނީ މީ މަސައްކަތް ކުރިއަށް ގެންދެވޭ ފާޑުގެ މީހެއްހެން ..... " މީހަކު ބުނެލިއެވެ. w
" މަށަށްވެސް ހީވަނީ ތިހެން .... އަދި އުޅެނީ ހަމަ ހުސް މަސައްކަތުގައި ... ދެންއެގިދާނެތާ!!! " އައްމަޑޭ ބުނެލިއެވެ. w
" ކަލޭ ހުރޭ އެމީހުންނަށް ކުދިން ހޯދަދޭން ... " މީހަކު ރުޅިއައިސްގެން އައްމަޑޭ އަށް އަޑުލިއެވެ. w
" މަ މިރަށުން ކާކަށް ކުއްޖަކު ހޯދަދިނީ ..... މާ ފުއްޕާފަ ނޫޅެއްޗެ ... " w
" ކުރިން ހުރި މީހާވެސް އެކަންތައްތައް ބޮޑުވެގެންނެއްނު .... ދާންޖެހުނީ .... އޭނާ މިތަނަށްއައިސް ތާސް ގަޑެއް ޖަހާލައިފަ ދެން ދަނީ ރަށުތެރެއަށް .... މީހަކު އައްމަޑޭ އެކަމެއްގައި އޭނައަށްއެހީތެރިވެޔޯ ..... " w
" އެހެންނަކުންނެއްނޫން ..،، މިރަށުގައި އުޅޭ ކުދިންވެސް ހަމަ އެގޮތީ ... މިރަށުގައި ސްނާމީގެ ފަހުން އެކިރަށްރަށުގެ މީހުން އެބަ އުޅޭ ... އެރަށްރަށުގެ މީހުން ގޮތަކަށް އުޅުނަސް ނަންވަނީ ހައިވަކަރު އޮޑި .... wމަށެއް ނުބުނަން ބުރުނީ މީހުން ވަކި ސަހަލެކޭ ..... "
=ނުނިމޭ=


ކިޔުންތެރިންގެ ޚިޔާލު...


ނަން :


AZ

ވަރައް ރީތި