ހަވާގެ އަނދިރި ވަޅުތައް !

އަޙްމަދު ލަބީބު ޢަލީ | 07 އޭޕްރީލް 2020





ަހަވާ : އުނޑާއި ބިމާދޭތެރޭވާ ހުސްތަން / މަޑިކިލެނބު : އެކުލެވިގެންވާ ބިޔަ ތަރިތަކެއް / މިލްކީވޭ : އެކުލެވިގެންވާ މަޑިކިލެނބު / ގުރަހަ : އަލިގަދަ ތަރިތައް / ފަލަކު : އުޑު / ކުއީޒާ : ޕުލެނެޓްތައް / ޕްލައިއެޑެންސް ނުވަތަ ކެތި : އެއީ ވަކި ގޮތަކަށް ކައިރި ކައިރީގައި އެތުރި ފައިވާ ތަރިތަކެކެވެ . ކުރީ ޒަމާނުގައި ދަތުރުކުރުމަށް މިސްރާބު ހޯދުމަށް ސަމުގާގެ ބަދަލުގައި މުހިންމު ދައުރެއް އަދާކުރާ ތަރިތަކެކެވެ. އެތުރި ފައިވަނީ އިރުން ހުޅަނގަށެވެ . މިތަރި ބޮނޑީގައި ހިމެނެނީ 7 ތަރި އެވެ . މިތަރި ތަކަކީ ކުރީޒަމާނުގައި ދަތުރު ފަތުރު ކުރުމު ގައި ނިޔަމި ކަމުގައި ބޭނުންކުރާ ވަރަށް މުހިންމު ޢުންސުރެކެމެވެ . އެ7 ތަރީގެ ނަންތަކަކީ؛ ޑޫބީ، މިރާގު،ޕެކިޑަ، މެގިރަޒު، އެލިއަތު، މިޒާރު، ބެނެޓްނާސްމިއެވެ.
އަލި އަހަރު : އެއް އަހަރު ވަންދެން ހުއްޓުމެއްނެތި އަލި ދަތުރުކުރާ މިންވަރު ނުވަތަ ރާސްތާ .

ބުލެކް ހޯލު : އިރު ނުވަތަ ތަރި އޭގެ ބާރު ހުސްވުމުން ނުވަތަ މަރުވުމުން އުފެދޭ އަނދިރި ތަނެއް ވަޅެއް ނުވަތަ ކައުނުގައިވާ އަދިރި ހޮހަޅަ .
ވައިޓް ހޯލް : ހުދު ހޮހަޅަ / އިލްމީ ނަޒަރިއްޔާތުން ކިޔަނީ " ކުއަންޓަމް ލޫޕް ތިއަރީ "
މިކާއިނާތުގެ އެކިއެކި ހިސާބުތަކުގައިވާ ގުރަހަތަކުގައި އެތަކެއް ހާސް ކަޅު ހޮހަޅަ ނުވަތަ ބޮލެކް ހޯލް ތައްވެއެވެ . ބުލެކް ހޯލް ނުވަތަ ކަޅު ހޮހަޅަ އުފެދެނީ ބޮޑަތި ތަރިތައް މިސާލަކަށް ބުނާނަމަ ، އަޅުގަނޑުމެން ދިރިއުޅެމުން މިދާ ދުނިޔޭގެ ބޮޑުތަރި ނުވަތަ އިރު ، އޭގެ އަޖަލު ހަމަވުމުން އޭގައިވާ އަލިކަން ފިލައި ދިއުމުން އޭގައިވާ ހުރިހާ ބާރެއް / ޖާޛްބިއްޔަތާއި ހަކަތަތައް އޭގެ މެދަށް ޖަމާވުމުން އޭގެ މިން ވަރަށް ބޮޑުތަނުން ކުޑަވެގެންދެއެވެ . ނަމަވެސް މިގޮތުން އުފެދޭ ކަޅު ހޮހަޅާގެ ބަރުދަން އިންތިހާ ދަރަޖަ އަކަށް މަތިވެގެން ދެއެވެ . އޭގައިވާ ދަމާބާރުގެ ނުވަތަ ޖާޛްބިއްޔަތުގެ މިންވަރު އަންދާޒާ ނުކުރެވޭނެވެ . އާދަޔާ ޚިލާފު ބޮޑު ބަރުދަނެއް، ނިސްބަތުން ކުޑަ ސަރަހައްދެއްގެ ތެރެއަށް ޖަމާވެގެން ދިއުމުން ދެން އޭގެ ވަށައި ގެންވާ ދަމާބާރު (ޖާޛްބިއްޔަތު) ވަރުގަދަވާ މައިގަނޑު ސަބަބަކަށް ވެދެއެވެ. ފަލަކީ ޢިލްމުވެރިނަށް ، ފަހުގެ ދިރާސާތަކުން ގަބޫލުކުރެވުނު ގޮތުގައި މިގޮތަށް މި ކަޅު ހޮހަޅަތަކުގެ ތެރެއަށް ދަމައިގަންނަ މާއްދާތައް، އޭގައިވާ ދަމާބާރުގެ ސަބަބުން ޒައްރާއަކަށް ވުރެ ކުޑަ ވުމަށް ފަހު ދެން އޭގެ އަސްލު މަންޒިލަށް އަލުން އެހެން ހޮހަޅަ އެއްގެ ތެރެއިން ނުކުމެގެންދެއެވެ. މި ހޮހަޅަ އަށް ކިޔާ ނަމަކީ ހުދު ހޮހަޅަ އެވެ. މިކަމަށް ނުވަތަ ހުދު ހޮހަޅައަށް ޢިލްމީ ނަޒަރިއްޔާތަށް ކިޔަނީ "ކުއަންޓަމް ލޫޕް ތިއަރީ" އެވެ . މިހާތަނަށް ފެނުނު އެންމެ ބޮޑު ކަޅު ހޮހަޅަގެ މާސް މިދުނިޔޭގެ އިރު މާސް އަށްވުރެ 6.5 މިލިޔަށް އިތުރުވާނެއެވެ. އާންމުކޮށް ކަޅު ހޮހަޅައިގެ ތެރެޔަށް ދަމައި ގަތުމުގެ ބާރު ހުރި މިންވަރު ސިފަކުރާނަމަ ބުނާނީ މިދުނިޔޭގެ އިރު ކަޅު ހޮހަޅަ އަކަށް ބަދަލުވެއްޖެ ނަމަ އަޅުގަނޑުމެން ނަށް މިފެން ހުރިހާ ތަރި ތަކުގެ އަލިވެސް އޭގެ ޖާޛްބިއްޔަތުގެ ބާރުން ސަލާމަތް ވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ . ކަޅު ހޮހަޅަ ކިޔޭ މައިގަނޑު ސަބަބަކީވެސް އަލި އޭގެ ތެރެއަށް ވަނުމަށް ފަހު ނުފެންނާތީވެއެވެ .

ސައިންޓިފިކް ބައެއް ހޯދުމުން ގަބޫލުކުރެވޭ ގޮތުގައި އަހަރެމެންނަށް ، ކާއިނާތުން މި ފެންނަ ނުވަތަ އޭގެ އަސަރު ފެންނަ ކަޅު ހޮހަޅަ ތަކަކީ ހުދު ހޮހަޅައަށް ބަދަލުވުމުގެ މަރުޙަލާގައި އުޅެމުންދާ ކަޅު ހޮހަޅަ ތަކެކެވެ. އެ މަރުހަލާގައި ހިނގާ "ވަގުތު"، ދުރުން ބަލަން ހުންނަ މީހަކަށާއި ދެހޮހަޅަ ގުޅޭ ސަރަހައްދުގައި ހުންނަ މީހަކަށް ވަގުތު އިހްސާސް ކުރެވޭ ވަރު ތަފާތު ވާނެއެވެ. މިގޮތުން މި ބަދަލު، އެތެރޭގައި ހުންނަ މީހަކަށް ފަޅި ސިކުންތެއް ކަމުގައި ހީވާ ހީވުން، ދުނިޔެ އިން ބަލަން ހުންނަ މީހެއްގެ ބިލިއަނެއްހާ އަހަރުގެ ވަގުތަކާ އެއްވަރު ވެދާނެއެވެ. މިހެން ދިމާވާ ސަބަބަކީ ކަޅު ހޮހަޅައިގެ އެތެރޭގެ ބާރުގަދަ ދަމާބާރުގެ ސަބަބުން ވަޤުތު ހިނގާ ގޮތަށް އަސަރު ކުރާތީވެއެވެ . އަދި ބުލެކުހޯލްގެ މެދުގައިވާ ޑެންސިޓީ (ފުންމިން/މިންވަރު ) ވަރަށް މަތިވާނެއެވެ .

އެހެންގޮތަކަށް ބުނާނަމަ ޑެންސިޓީ އިންފިނިޓީ ( ފުންމިންނޭގޭ ) ސަރަޙައްދެކެވެ . ކަޅު ހޮހަޅަ އެއްގެ ބޭރުގައި ހުރެ އިންސާނަކު ކަޅު ހޮހަޅަ އަށް ދަމައިގަންނަ ގޮތުގެ މަންޒަރު ފެންނާނީ ވަރަށްވެސް ތަފާތުގޮތަކަށެވެ. ކަޅު ހޮހަޅައިގެ ތެރެއަށް ދަމައި ގަންނަން ފެށުމުން ނުވަތަ ކަޅު ހޮހަޅައާ ކައިރިވާ ވަރަކަށް އިންސާނާގެ ކުލަ އަދި ދަމާ ބާރުމިން ދައްވަމުން ގޮސް އެއްކޮށް ގަނޑުވާތަން ފެންނާނެއެވެ. މިހެން ވާން މެދުވެރިވާ ސަބަބަކީ މަތީގައި ބުނެވުނު ފަދައިން އޭގެ އެތެރޭގައިވާ ބާރުގަދަ ދަމާބާރުގެ ނުވަތަ ޖާޛްބިއްޔަތުގެ ސަބަބުން ވަގުތު ހިނގާ ގޮތަށް ވަރަށް ބޮޑަށް އަސަރު ކުރާތީއެވެ .

އަޅުގަނޑުމެން ދިރި އުޅެމުންދާ ދުނިޔޭގެ އިރު ނުވަތަ ތަރި މަރުވާނެ ނުވަތަ ހުލިވާނެ ކަމާމެދު އެއްވެސް ޝައްކެއް އަޅުގަނޑެއް ނުކުރަމެވެ . ސައިންސް ވެރިން ބުނާގޮތުންނަމަ ދުނިޔޭގެ އިރު ކަޅުހޮހަޅަ އަކަށް ބަދަލުވާނެއެވެ . އަދި ދުނިޔޭގައި މިވާ ބިޔަ ފަރުބަދަ ތައް އިސްތައްޓެއްހެން ވެއްޓި ، ކުދި ކުދިވެ ޒައްރާ ތަކަކަށް ބަދަލުވެ އިރުގެ ތެރެއަށް ނުވަތަ ކަޅު ހޮހަޅައިގެ ތެރެޔަށް ދަމައިގަން ނާނެއެވެ . މިކަމަށް ބާރުދޭ އާޔަތްތަކެއް މާތް ވެގެންވާ ޤުރުޢާނުގައި ބަޔާން ވެގެން ވެއެވެ . ސޫރަތުއް ނަބައުގެ 20 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا﴿٢٠﴾ ) މާނައަކީ: " އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ." ދެން އެއަށްފަހު ފަރުބަދަތައް ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ވެގެންދެއެވެ.

ސޫރަތުލް ގާރިޢާގެ 5 ވަނަ އާޔަތުގައި މާތް ﷲވަޙީ ކުރެއްވިއެވެ. (وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ﴿٥﴾ ) މާނައަކީ: " އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ."
މީގެ އިތުރުން : ސޫރަތުލް މުއްޒައްމިލްގެ 14 އާޔަތް / ސޫރަތުލް ވާގިޢާގެ 5 އަދި 6 / ގައި ފަރުބަދަތައް ފުޑު ފުޑުވެ ކުނޑިވެގެން ބުރައިގެން ދާނެކަން މާތް ﷲ ވަޙީ ކުރައްވާ ފައިވެއެވެ.

އަދި އަޅުގަޑުމެން ދިރިއުޅެމުން މިދާ ދުނިޔޭގެ އިރު ކަޅު ހޮހަޅަ އަކަށް ބަދަލު ވެއްޖެނަމަ މި މިލްކީވޭގައި ވާހާތަނެއް (މަޑިކިލެނބު / ގުރަހަ / ކުއީޒާތައް ކަޅު ހޮހަޅަ ތެރެއަށް ވަންނާނެއެވެ . އެއީ ދުނިޔޭގެ ނިމުން ކަމުގައި ބެލެވިދާނެއެވެ. ކައުނުއައިވާ ހުރިހާ ތަނަކަށް ބަލާ ވިސްނާ ފިކުރު ކުރަން އަންގަވާ ފައިވެއެވެ . – ނުނިމޭ --

މަޢުލޫމާތު ނެގީ: ސޮނީ ބީބީސީ އާރތް ޗެނެލް ، ޔޫޓިބު. އަދި ފަތްތޫރަ އަދި ތާރީޙް އިލްމުވެރިޔާ އަހުމަދު ޝަފީޤު ލިޔުން ތަކުން .
ކީރިތި ޤުރުއާނުގެ އާޔަތް ތަކުގެ މަޢުލޫމާތު ނެގީ : ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާއިން.


ކިޔުންތެރިންގެ ޚިޔާލު...


ނަން :