ކޮވިޑް-19 އާއި ގުޅިގެން ދަރަވަންދޫގައި ހިލޭ ކުނި އުކައިދެނީ

ހިތާދޫ އޮންލައިން | 05 އޭޕްރިލް 2020





ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން ބ. ދަރަވަންދޫ ކައުންސިލުން ކުނި އުކައިދިނުމުގެ ފީ މާފުކޮށްދޭން ނިންމައިފި އެވެ.

ދަރަވަންދޫ ކައުންސިލުން ބުނީ، އެރަށު ގޭ ބިސީ ތަކާއި ވިޔަފާރިތަކުގެ މި މަހާއި އަންނަ މަހުގެ ފީ މާފުކޮށްދޭން ކައުންސިލުގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

ދަރަވަންދޫގައި ކުނި އުކައިދިނުމަށް ގޭ ބިސީ ތަކުން ނަގަނީ މަހެއްގެ މައްޗަށް 150ރ. އެވެ. ވިޔަފާރިކުރާ ތަންތަނުން ކޮންމެ މަހަކު 350 އާއި 500 ރ. އާ ދެމދުގެ ފީއެއް ނަގައެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދޭން ގިނަ ކުންފުނިތަކާއި އާއްމުން އަންނަނީ ލުއިތަކެއް ދެމުންނެވެ. އެގޮތުން ބައެއް ތަންތަނުގެ ކުލި ހެޔޮކޮށްދީ ފެނާއި ކަރަންޓުގެ އަގު ވެސް ސަރުކާރުން ވަނީ ހެޔޮކޮށްފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :