ކަށީގެ ބަލިތަކަށް ބ. އަތޮޅު ހޮސްޕިޓަލުން ފަރުވާދޭން ފަށައިފި

ހިތާދޫ އޮންލައިން | 22 މާރޗު 2020





. ބ. އަތޮޅު ހޮސްޕިޓަލުގައި ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ އެ ހޮސްޕިޓަލުން ދޭޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ތަރައްގީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަށީގެ ބަލިތަކަށް މިހާރު އެ ހޮސްޕިޓަލުން ފަރުވާ ދޭނެ ކަމަށެވެ. އެގޮތުން ކަށީގެ ޑޮކްޓަރު ކޮންމެ ހަފްތާއަކު އެ ހޮސްޕިޓަލުގެ އޯޕީޑީގައި ބަލި މީހުން ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ އަލަށްފެށި ކަށީގެ ބަލިތަކުގެ ޚިދުމަތާއެކު، ކަށީގެ ސާޖަރީތައް ހެދުމުގެ އިންތިޒާމުތައްވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

24 ގަޑިއިރު ހިދުމަތް ދެމުންއަންނަ ބ. އަތޮޅު ހޮސްޕިޓަލުގައި ކަށީގެ ބަލިތަކުގެ ފަރުވާގެ އިތުރުން 6 ދާއިރާއެއްގައި މިވަގުތުވެސް ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. އޭގެ ތެރޭގައި އާއްމު ބަލިތައް، އަންހެނުންގެ ބަލިތައް، ކުޑަކުދިންގެ ބަލިތައް، އޮޕަރޭޝަންސް، ދަތުގެ ބަލިތައް އަދި ހޭނައްތާ ޚާއްސަ ޑޮކްޓަރެއް ހިމެނެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހޮސްޕިޓަލުން ކައިރި މުސްތަގުބަލެއްގައި ފިޒިއޮތެރަޕީގެ ޚިދުމަތް ދިނުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ


ކިޔުންތެރިންގެ ޚިޔާލު...


ނަން :