ކުރިއަށް އޮތް ދެ މަހު ކަރަންޓާ ފެން ބިލުށް ސަބްސިޑީ ދެނީ

ހިތާދޫ އޮންލައިނ | 20 މާރޗު 2020





ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންގެ މާލީ ހާލަތަށް އަންނާނެ ހީނަރުކަމަށް ބަލައި، ކުރިއަށް އޮތް ދެ މަހުގެ ފެނާއި ކަރަންޓު ބިލުން ބައެއް ހިލޭކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

އެގޮތުން އަންނަ އޭޕްރިލް އަދި މޭ މަހުގެ ކަރަންޓު ބިލުން 40 ޕަސަންޓު، އަދި ފެން ބިލުން 30 ޕަސަންޓު ސަބްސިޑައިޒްކުރަން ނުވަތަ ހިލޭކޮށް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

އެކަން ހާމަކުރެއްވީ ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ކޮރޯނާވައިރަހާ ގުޅިގެން ކޮންމެ ގޭބިސީއަކަށް އެއްޓަނުގެ ފެން ހިލޭ ފޯރުކޮށް ދިނުމަށް ނިންމައި މީގެ ކުރިން އެކަން އިއުލާންވެސް ކޮށްފައިވެ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ވިޔަފާރިތަކަށް ކުރާ އަސަރު ކުޑަކޮށް ވަޒީފާތައް ހިފެހެއްޓުމަށް އިގްތިސާދީ އެހީގެ 2.5 ބިލިއަން ރުފިޔާ ގެ ޕެކޭޖެއް ސަރުކާރުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ


ކިޔުންތެރިންގެ ޚިޔާލު...


ނަން :