ހަރުދަނާ ޒުވާނުން އާމްދަނީ ލިބޭނެ މިޞްރާބު ޚިޔާރުކުރުން

އިބްރާހިމް މުޙައްމަދު / ލިޔާގެ ބ. ތުޅާދޫ | 18 މާރޗު 2020





ހަރުދަނާ ޒުވާނުންގެ ތެރޭގައި އަތުންފައިން އާމްދަނީ ލިބޭނެ މަސައްކަތެއްނުކޮށް ތިބޭ ޒުވާނުން ތިބޭނެތޯއެވެ. އެބަތިއްބެވެ. އެޒުވާނުންބޭނުންވަނީ ރަށުން ވަޒީފާގެ ފުރުޞަތެވެ. ނުނީ ކައިރި ރިސޯޓަކުން އެފަދަ ފުރުޞަތުތަކަކަށެވެ.

އެޒުވާނުން ވިސްނާގޮތުގައި ސިޔާސީ ބޭފުޅުންނަށް އެޒުވާނުން ފެންނަނީ ކެމްޕޭނެއް ކުރިމަތިވީމައެވެ. އެހެންނުނީ މިއީ ތިބޭބައެއްހެންވެސް ހީނުވެއޭ ބުނާ ޒުވާނުން މިއަދު ތުޅާދޫގައި މަދޭ ދަންނަވަން ވަރަށް އުދަގުލެވެ. ބައެއްޒުވާނުން އަމިއްލައަށް މިހެންބުނާތީ އަޑުއިވެއެވެ. މިއީ ޤަބޫލުކުރަންޖެހޭނެޙަޤީޤަތެކެވެ. އަޅުގަޑުމެންގެ ޒުވާނުން މިއަދު އަމިއްލަ ދިރިއުޅުން ކޮޅަށްޖަހަން މަސައްކަތްނުކުރާނަމަ ، މާދަމާ އެވެރިންނަށް ޑަބަލްމަސައްކަތްކުރަންޖެހޭނެކަމީ މިއަދު އެކުދިންޤަބޫލުކުރާ ޙަޤީޤަތެއްނަމަ އެއަށްވުރެ ވަކިއުފާވެރިކަމެއް މި ބ.އަތޮޅު ދެކޭނެތޯއެވެ.

ސިޔާސީ ބޭފުޅުން ޒުވާނުން މެދުވެރިކޮށް ކެމްޕޭނު ޗިޕްޖައްސަވަންބޭނުންނަމަ ، ވަޒީފާގެ ފުރުޞަތު ހޯދާދެއްވި ބަޔަކަށް އޭގެން ފައިދާ ކުރާނެކަމަށް ޒުވާނުން ބުނަމުންދާތީ މިއަދު އުފާކުރަންއެބަޖެހެއެވެ. ޙަޤީޤަތުގައި ޒުވާނުން ހަރުދަނާ ބަޔަކަށް ވާންބޭނުންވިޔަސް ، އެކަމަށް މުޖްތަމަޢްގެ އިސްފަރުދުން ނުވިސްނާނަމަ ޒުވާނުން ދާނީ އޮޔާދެއްތޯއެވެ.

އަޅުގަޑު އެދެނީ މިފަދަ ޒުވާނުންނަށް އަދަށްވުރެ ފަހި މާދަމާއެކެވެ. މިއީ އޭ އެހެނދުނާ ހަވީރަކީ އޭ ބުނަން ފައިދާ ހުރި ގޮތުގައި ޒުވާން ޢުމުރު ހޭދަކުރާ ޖީލެއް މިބ.އަތޮޅަށް މިންވަރުކުރެއްވުމެވެ.

ޔެހީ ހެވޯ ސާންޖް އޮރް ސަވޭރާ
    ޖިސްކެ ލިއޭ ތަޅްޕޭ ހަމް ސާރާޖިވަން ބަރް


ކިޔުންތެރިންގެ ޚިޔާލު...


ނަން :