ބ. ކަމަދޫއަށް ގެސްޓުން ގެނައުން ހުއްޓާލައިފި

ހިތާދޫ އޮންލަިއން | 18 މާރޗު 2020

މިހާރު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަސް "ކޮވިޑް-19" އާއި ގުޅިގެން ރައްކާތެރި ފިޔަވަޅު އެޅުމުގެ ގޮތުން ބ. ކަމަދޫއަށް ފަތުރުވެރިން ގެނައުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

ކަމަދޫގެ ގެސްޓްހައުސްތަކުން ބުނީ ކަމަދޫއަކީ ކަމަދޫއަކީ ވަރަށް ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ރަށެއްކަމަާއި އެރަށުގެ ޒުވާނުންގެ އާމްދަނީ ބިޔާވެފައިވަނީ މި ސިނާއަތަކަށް ކަމަށެވެ. ނަމަވެސް ލިބޭ އާމްދަނީއަށްވުރެއް ފުރާނައާއި ސިއްހަތު ސަލާމަތުން ހުރުން މުހިއްމުވުމުން އާމްދަނީ ގުރުބާން ކޮށް މިފިޔަވަޅު އެޅީކަމަށެވެ.

ކަމަދޫ ކައުންސިލުގެ ރައީސް އަޙްމަދު ސާޖިދު ވިދާޅުވީ ކޮވިޑް 19 އިން ރައްކާތެރި ވުމުގެ ގޮތުން ކައުންސިލުން އިސްނަގައިގެން ޓާސްކްފޯހެއް އެކުލަވާލައި ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކަރައްވަމުންގެންދވާކަމަށާއި ރިސޯޓުތަކުން މީހުން ރަށަށް ނައުމަށް އެދި އެފަރާތްކުގައި އެދިފައިވާނެކަމަށެވެ.

ހެޔޮއެދޭ ފާރާތްތަކުގެ އެހީއާއި ރައްޔިތުންނާއި ސިއްހީމަރުކަޒުގެ އެހީތެރިކަމާއިއެކު ރަށަށް އަރާމީހުންގެ ޓެމްޕަރޭޗަރ ބަލައި އެމީހުންގެ މަޢްލޫމާތު އެއްކުރުމުގެ މަސައްކަތް 24 ގަޑިއރު ޑިއުޓީބަހައިގެން ކުރިއަށް ގެންދާކަމަށްެވެސް ރައީސް ސާޖިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :