ޞައްޙަ ނޫން މަޢްލޫމާތު ނުފެތުރުމަށް ހިތާދޫ ހެލްތު ސެންޓަރުން އިލްތިމާސް ކޮށްފި!

ހިތާދޫ އޮންލަިއން | 10 މާރޗު 2020

ދުނިޔޭގައި މިހާރު ފެތުރުމުންދާ ނުރައްކާތެރި ވައިރަސް "ކޮވިޑް-19" އާއި ގުޅިގެން ޞައްޙަ ނޫން މަޢްލޫމަތު ނުފެތުރުމަށް ހިތާދޫ ހެލްތު ސެންޓަރުން އިލްތިމާސް ކޮށްފިއެވެ.

އެ މަރުކަރުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިހާރު މީސްމީޑިއާގައި ބ. ހިތާދޫ އަކީ ދަތުރު ކުރުން ރައްކާތެރި ތަނެއްނޫން ތަނެއްގެ ގޮތުގައި ލިސްޓު ކޮށް ދައުރުވާ ލިސްޓަކީ ޞައްހަ ލިސްޓެއް ނޫން ކަމަށާއި އެފަދަ ޞައްހަނޫން މައްލޫމަތު ފެތުރުމުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިަކަމާއި ހާސްކަން އުފެދޭކަމަށެވެ.

ހިތާދޫ ސިައްޙީ މަރުކަޒުން ބުނީ ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުނާއި ގުޅުން ހުރި ޚާޢްޞަ ކޮށް ބ. އަތޮޅާއި ބ. ހިތާދޫާ ރައްޔިތުންނަށް ލިބެންޖެހޭ ޞައްޙަ މަޢްލޫމާތު ހޯދައި ފޯރު ކޮށްދޭނެކަމަށާއި ދުނިޔޭގެ ސިއްގޙަތު ޖަމިއްޔާ އާއި ސިއްޙީ ވުަޒާރާއިން ނޫންގޮތަށް އަންނަ މަޢްލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރާކަމަށެވެ.

"އަޅުގަނޑުމެމަށް އެނގޭ ރައްޔިތުން ނުހަނު ކަންބޮޑު ވާ ކަމެއްކަން މީ. މިހާރުވެސް އަޅުގަނޑުމެން މިދަނީ ކައުްނސިލާއި މުައައްސަސާތައް ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މަޢްލޫމާތު ފޯރުކޮށްދީ އިރުޝާދުތައް ދިނުމުގެ މަސައްކަތް ކުރަމުން. ފާޑުފާޑުގެ އެކި ޕްލެޓު ފޯމތަކުން އަންނަ މެސެޖަށް ނުބަލައި ސީދާ މިނިސްޓްރީންނާއި އަޅުގަނޑުމްން ފޯރުކޮށްދޭ މަޢްލޫމާތަށް ބަރޯސާވުމަށް އިލްތިމާސް ކުރަން"


ކިޔުންތެރިންގެ ޚިޔާލު...


ނަން :