ދަރިން ތަރުބިއްޔަތު ކުރުމުގައި މައިން ބަފައިންގެ ދައުރު - ތިންވަނަބައި

އިބްރާހިމް މުޙައްމަދު / ލިޔާގެ ބ. ތުޅާދޫ | 03 މާރޗު 2020





ރަގަޅު ބައްޕައަކަށް ވުމަށްޓަކައި ކުރެވޭނެ ކަންކަމަކީ ކޮބާތޯ ބަލާލުމަކީ ވެސް ނެތް ކަމެއް ނޫނެވެ. އޭނާ އަކީ ޢާއިލާގެ ޒިންމާތައް ދަންނަ އެމަސްއޫލިއްޔަތު އުފުލާ މީހަކަށް ވާންޖެހެވެ. މާނައަކީ އޭނާ އެންމެ 7 ދުވަވަހުން ހުރިހާ ފައިސާއެއްގެ ބާރު އަނބިމީހާ އާއި ޙަޥާލު ކުރާށެކޭ އެއް ނޫނެވެ. އޭނާ ބޭނުންވަނީ ކޮންއެއްޗެއްތޯ ބަލާ ހޯދާދޭން ޖެހޭ އެއްޗެތި ހޯދާދިނުމަށް އަވަސްވެ ގަންނާށޭއެވެ. މިފަދަ ފިރި އަކީ ރަގަޅު ބައްޕައަކަށް ވެވިދާނެ މީހެކެވެ. ދެން އޮތީ ޖަމާޢަތަށް ނަމާދަށް ޙާޟިރުވުމުގެ ވާހަކައެވެ. މިފަދަ މީހަކު ދަރިއަކު ލިބުނީމަ މިރީތި އާދަ އިތުރަށް ތަރައްޤީ ކުރާނެއެވެ. ބަންގި ގޮވީމާ އޭ ދަރިފުޅާ އަވަހަށް ދޭ މިސްކިތަށް މިހެން ބުނެ ފަރު ޖައްސައެއް ނުލާނެއެވެ. އޭނާ ދާނީ ދަރިފުޅު ގޮވައިގެންނެވެ. އެހެންނޫންތޯއެވެ. ދެން އޮތީ ބަސްމަގު ރީތި މަޑުމައިތިރި ކަމާއި ކެތްތެރިކަމުގެ މާތް ސިފައިން އަޚްލާޤު ޖަރީ ވެފައިވާ މީހެއްކަމުގައި ވުމެވެ. އިޙުތިރާމު ކުރުމާއި އިޙުތިރާމު ލިބިގަތުމަށް މަސައްކަތް ކުރާމީހަކަށް ވުމެވެ. އަދި މިޒަމާނަކީ އާމްދަނީ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހިފައިވާ ޒަމާނެއްކަން އޭނާގެ ވިސްނުމާއި ފިކުރުގައި ބަހައްޓައިގެން ޢަމަލީގޮތުން ޙަރަކާތްތެރި ވެވޭ މީހަކަށް ވާން އެބަޖެހެވެ.

އިސްލާމުދީން ހެޔޮލަފާ ފިރިއެއް އިޚްތިޔާރު ކުރުމަށް ވަރަށް ބޮޑުއަހަމިއްޔަތެއް ދީފާވެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މަސްތުވާތަކެތީގެ ނުބައި ވަބާ އިން އިސްލާމީ ދަރިފަސްކޮޅު ރައްކާތެރި ކުރެވިއްޖެނަމަ ، ވަރަށް ގިނަ ފާފަތައް ކުރުމުން އެދަރިފަސްކޮޅު ސަލާމަތް ކުރެވޭނެތީއެވެ. މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ އެސްޓީ އާ އަންހެން ކުދިން ގަޔާވާ ވާހަކަ އަކީ އަޅުގަޑުމެން އަލަށް އަޑުއަހާ ވާހަކައެއްނޫނެވެ. އެއީ އިބުލީހުގެ އެސްޓީ އެވެ. އެހެން ކަމުން މިކަންކަމާއި އަޅުގަޑުމެން ވަރަށް ބޮޑަށް ހޭލާން އެބަޖެހެވެ. މީހާގެ ރީތިކަމާއި ޙަސަބާއި ނަސަބުގެ މޮޅުކަމާއި މިހުންނަނީ ވަގުތީ ކަންކަމެވެ. ނަމަވެސް ދީން ވެރިކަމަކީ މިދެންނެވި 3 ޞިފައާއި ނުބައްދަލު ސިފައެކެވެ. ސަބަބަކީ ތޯއެވެ. ދީނަކީ އިންސާނާ އުޅުމަށް ﷲ ސަރުޢު ކުރެއްވި ގޮތެވެ. އޭނާ ތަޥައްކަލު ކުރާނީ ﷲ އަށެވެ. ﷲ އީ އޭނާ މަސައްކަތްކުރިއަސް ނުކުރިއަސް ރިޒުޤު ދެއްވާ ރަޙްމާންވަންތަ އިލާހުއެވެ. ނަމަވެސް ދީންވެރި މީހާ ރިޒުޤު ހޯދުމަށް މަސައްކަތް ކުރާނީ ﷲ ދެއްވާނެ ކަމުގެ އިތުބާރާއި އެކުގައެވެ. މިއާއި އިދިކޮޅުމީހާ ބަލާނީ ރިސޯޓަކުން ކުއްޖަކު އޮފަށް އަންނާނީ ކޮންދުވަހަކުން ތޯއެވެ. އެކުއްޖެއްގެ އެމަހު މުސާރަ ނޫނީ ސާރވިސްޗާޖައި ނޫނީ ޓިޕްސް ކޮޅު ހުންނާނެތީ ކޮފީ އާއި ކެއުން ހޮޓާތަކުން ހޯދޭނެ ކަމަށް ވާތީއެވެ. މިހެން އުޅޭ ފިރިހެން ކުދިން މަދުބާވައެވެ.

އަޅުގަޑު މިދެންނެވި ދީންވެރި ކުއްޖާ އަމިއްލަ މަސައްކަތުން މުއްސަނދި މަހުޖަނަކަށް ވެދާނެއެވެ. ހެޔޮލަފައި ޞާލިޙު ދަރިފަސްކޮޅެއްގެ ބައްޕަ އަކަށް ވެދާނެއެވެ. އެއޮތީ ޙަސަބާއި ނަސަބު ގެ މާތްކަންވެސް ޙާޞިލު ވެފައެވެ. ދެންއޮތީ ރީތި ކަމުގެ ވާހަކައެވެ. ބަލާލަން ކަމުދިއުމެވެ. ﷲ ކީރިތި ޤުރްއާން ގައި އައްތީނު ސޫރަތުގައި ވަޙީ ކުރެއްވި ބަސްފުޅުގެ މާނައިގައި ވަނީ ތިމަންސުވާމީންގެ އިންސާނާ ޚަލުޤު ކުރެއްވީ އެންމެ ރީތި ސޫރައިގައެވެ. އެހެންވީމާ ދެން އިތުރަށް މިކަމާއި ބަޙުޝް ކުރުމެއް ނެތް އެހެންނޫންތޯއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ޥަސައްލަމަ ޙަދީޘު ކުރައްވަނީ " ތިޔަބައިމީހުންގެ މޫނު ލޯގަޑުން ފެންނަ ހިނދު ކިޔާށޭ އަހަރެންގެ ސޫރައަށްވުރެ އަހުރެންގެ އަޚުލާޤު ރީތި ކުރައްވާފާނދޭއެވެ. " އެއީ އެމާތްނަބިއްޔާ ރަސޫލު ކަމައިގެން ފޮނުއްވުނު އަސާސެވެ. މީސްތަކުންގެ އުޅުން އިޞްލާޙު ކުރުމެވެ. ﷲ އަށް އަޅުކަންކުރުމަށާއި މުޙައްމަދު ގެފާނީ އެކަލާނގެ ރަސޫލާކަމަށް އީމާން ވުމަށްފަހު އަޚުލާޤީ ސިފަ އަޅުގަޑުމެންގެ ކިބައިގައި ނެތިއްޖޖެނަމަ ، އާޚިރަތް ދުވަހަށް ، މަލާއިކަތުންނަށް ، އަދި މިންވަރަށް އީމާން ވެވޭނެބާވައެވެ. އެހެންކަމުން ރަގަޅުބައްޕަ އަކަށް ވުމަށްޓަކައި އިސްލާމުދީނުގައި އިރުޝާދު ދެއްވާފައިވަނީ ކިހިނަކުން ބަލާ ހެޔޮލަފައި ޞާލިޙު ފިރިއަކު އެމީހެއްގެ އަންހެންދަރިއަށް ހޯދާނުދެވޭ މައިންބަފައިން ކަމުގައި އަޅުގަޑުމެން ވެގެން ނުވާއެވެ. އަދި ގޮތްދޫނުކުރާ ދަރިންނަށް ވިސްނާދިނުމަށް ފަހު އެދަރިން ޚިޔާރު ކުރާނެ ގޮތް އެދަރިންނަށް ދޫކޮށްލިޔަސް ، ވިސްނިގެން އަންނަ ދުވަހަކުން ދަރިއަކަށް ދޭން ޖެހޭ ލޯތްބާއި އަޅާލުން ދެވިއްޖެނަމަ ، އަލުން އަނބުރާ މުޖުތަމަޢުއަށް އެކުޖޖަކު ގެނެވިދާނެކަން ދަންނަންވެސް ވާނެ އެހެންނޫންތޯއެވެ.

=ނުނިމޭ=


ކިޔުންތެރިންގެ ޚިޔާލު...


ނަން :