ޒުވާނުން ޒަކާތަށް އަހުލުވެރި ވެއްޖެނަމަ ...

އިބްރާހިމް މުޙައްމަދު / ލިޔާގެ ބ. ތުޅާދޫ | 01 މާރޗް 2020





އިސްލާމް ދީނަކީ އެއްބާރު ލުމާއި އެހީތެރިކަމަށް ގޮވާލާ ދީނެވެ. އެދީނުގެ ވެރި އިލާހަކީ ދީލަތި ވަންތަ ޙިކުމަތް ވަންތަ އިލާހެވެ. އެއިލާހު ސަރުޢު ކުރެއްވި ކޮންމެކަމެއް ސަރުޢު ކުރައްވާފައި ވަނީ ވަރަށް މަތިވެރި ޙިކުމަތަކަށް ޓަކެއެވެ. އެކަންކަމާއިމެދު ކުޑަ ހިނދުކޮޅަކަށް ނަމަވެސް ވިސްނާލުމަކީ މުސްލިމުންނަށް މަންފާ ކުރާނެ ކަމެއްކަމާއި މެދު ދެބަސްވާނީ ފަހެ ، ކާކުތޯއެވެ.

އިސްލާމު ދީން ޒުވާނުންނަށް ދީފައިވާ އަހަމިއްޔަތު " ޔާ މަޢްސަރައްޝަބާބު " މި ލަފުޡް އިން ދޭހަވެ އެގޭ އެހެންނޫން ތޯއެވެ. ގިނައިން އަދި ކީރިތި ޤުރްއާނުގައި ޒަކާތުގެ ވާހަކަ ނަމާދާއި ގުޅުވައިގެން 25 ފަހަރަށްވުރެ ގިނަފަހަރު އައިސްފަވާ ހިނދު އަޅުގަޑުމެން ވަރަށް ބޮޑަށް ވިސްނާލަން އެބަޖެހެވެ. މިއަދު ރާއްޖޭގެ ގިނަ ޒުވާނުންނަކީ ވަޒީފާ އަދާކުރާ ބޭންކް އެކައުންޓްތަކަށް ފައިސާ ޖަމާ ވަމުންދާ ބައެކެވެ.

ނަމަވެސް އަޅާލުން ކުޑަވެފައިވަނީ ތިމާމެނގެ ރިޒުޤުގައިވާ ފަޤީރުންމިންވަރާއި މެދުގައެވެ. އެއީ އަހަރެމެންގެ ފާފަތައް ފުހެދޭ ފުހޭ ރަބަރެއް ފަދަ އެއްޗެއްކަން ހަނދާނުން ކެހިގެންދާކަމެވެ. މިފަދަ ކަންކަމަށް ހޭލަމޭލަ ވާންވީ މިންވަރަށް ޒުވާނުން ވެސް އަދި ދުވަސްވީ މީހުންވެސް ހޭލުންތެރި ނުވުމެވެ.

މިދެންނެވި ޒަކާތް އާދެ! މުދަލު ޒަކާތް (މުސްލިމުންގެ މައްޗަށް ފަރުޟު ވެގެންވާ ޒަކާތް ) ދޭން ޖެހޭ ބަޔަކަށް ތިމާ ވެއްޖެތޯ ބަލާލަނީ ކިތައް މީހުންތޯއެވެ. ޒަކާތް ބެހުނީ ދެބަޔަކަށް ކަމާއި އެއީ ފިޠުރު ޒަކާތާއި މުދަލު ޒަކާތޭ ކިޔާއަޑު އިވެއެވެ. ނަމަވެސް މީގެ ތަފުޞީލު ހޯދުމަށް ނަފުސް އަހުލުވެރި ވާން ޖެހޭކަން ހަނދާނެއް ނުހުރެއެވެ.

އެހެންކަމުން ޒުވާނުން އެމީހުން މަސްއޫލިއްޔަތު އަދާކުރާ ބަޔަކަށް ވެއްޖެނަމަ މިޤައުމުގައި ފަޤީރުން ތިބޭނެތޯއެވެ. ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރި ކަމުގެ އެސްޓީގައި ވާހަކަ ދައްކާ ޒުވާނުންވެސް މަދެއްނޫނެވެ. މިމީހުން ފައިސާ ހޯދަނީ ﷲ ޙަރާމު ކުރެއްވި ކަންކަން ކުރުމަށެވެ. މިސާލަކަށް މަސްތުވާ ތަކެތި ހޯދުމަށެވެ. ރިސޯޓުތަކުގައި އުޅޭ ބައެއް ކުދިންގެ ފަރާތުން އެމީހުނގެ ޢާއިލާއަށް ޚަރަދު ނުކޮށް ރައްޓެހިންނަށް ޚަރަދު ކޮށްގެން ލިބޭ ފައިސާ ހުސްކުރާ ޒުވާނުން މިއާބާދީ ގައިވެސް މަދެއްނޫނެވެ. އެހެން ކަމުން ރައްޒާޤު ވަންތަ ރަޙްމާން ވަންތަ އިލާހުގެ އަމުރުފުޅަށް އަޅުގަޑުމެން ފުރިހަމަ އަށް ކިޔަމަންވާން އެބަޖެހެއެވެ.

އަޅުގަޑުމެންނަކީ ހެޔޮބަސް އަހައި އެބަސް ޤަބޫލު ކުރާ މުދަލު ޒަކާތަށް އަހުލުވެރި ބައެއް ކަމުގައި ﷲ ލައްވާށިއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :