ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 42ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ކޭކެއް ފަޅަނީ- އީޓީ ފޮޓޯ/ މުހައްމަދު ނާހިލް އަހްމަދު

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ހިތާދޫ އޮންލަިއން | 25 ފެބުރުއަރީ 2020





ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 42 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކޮށްފި އެވެ.

އެސްކޫލުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދެބަޔަކަށް ބަހާލައިގެން މިއަދު ހެނދުނު ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވައިފަ އެވެ.

ގްރޭޑް 4 ން މަތީގެ ކުދިންނަށް ޚާއްސަކޮށްގެން ހެނދުނު 6:45 ގައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދެވެ. އަދި ހެނދުނު 10:15 ގައި ފައުންޑޭޝަން އަދި ކީ ސްޓޭޖް 1 ގެ ދަރިވަރުންނަށް ހާއްސަކޮށްގެން ބޭއްވި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ ބ. އަތޮޅު ކައުންސިލުގެ ޑިރެކްޓަ ޖެނެރަލް ފާތުމަތު ނަސްރާ އެވެ.

އެ ރަސްމިއްޔާތުގައި ވަނީ، ދަރިވަރުންނާއި ޓީޗަރުންގެ ފަރާތުން މުނިފޫހިފިލުމުގެ އައިޓަމުތަކެއް ހުށަހަޅައިދީފަ އެވެ. އަދި އަހަރީ ދުވަހަށް ހާއްސަކޮށް އެޅި ކޭކެއް ވެސް، ފަޅައިފަ އެވެ.

ސްކޫލްގެ 42 ވަނަ އަހަރީ ދުވަހުގެ މުނާސަބާއާ ގުޅޭ ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒު 1978 ވަނަ އަހަރު ހުޅުއްވައިދެއްވީ ކުރީގެ އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްފާޟިލް އަބްދުއްސައްތާރު މޫސާ ދީދީ އެވެ. އެންމެ 58 ދަރިވަރުންނާއި ތިން ޓީޗަރުންނާ އެކު އެ ސްކޫލު ފެށި ނަމަވެސް، މިހާރު އެ ސްކޫލުގައި 700 އެއްހާ ދަރިވަރުން ކިޔަވަ އެވެ. އަދި އެ ސްކޫލުގައި 80 އަށް ވުރެ ގިނަ ޓީޗަރުން ކިޔަވައިދެ އެވެ.

ތައުލީމީ ރަން ވަނަތަކުގެ ލިސްޓްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ތަކުރާރުވެވޭ ހުރެ އެވެ. އަހަރުން އަހަރަށް ނަތީޖާ ރަނގަޅުކުރަމުން އަންނައިރު، ސްކޫލުގެ ހަތަރު ފާރުތެރެއިން ހިތް އަލި، އިލްމަށް މޮޅު ކުދިންތަކެއް ކޮންމެ އަހަރަކު ވެސް އުފެދިގެން ދެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


pool

މަރުހަބާ