ޖުންޖުލާ - ދެވަނަބައި

އިބްރާހިމް މުޙައްމަދު / ލިޔާގެ ބ. ތުޅާދޫ | 23 ފެބުރުއަރީ 2020





ނަވީން ޙަސަންބެއާއިއެކު ދޯންޏަށް ދިޔަމަގުމަތީ ޙަސަންބެ ކައިރިން ރައުނާ އާއި އެގޭމީހުންނާއި ބެހޭ ވަރަށް ގިނަވާހަކަ ތައް އޮޅުންފިލުވިއެވެ. ޙަސަންބެވެސް އޭނާއަށް ރައުނާ އާ ބެހޭ މަޢްލޫމާތުތައް އޮޅުންފިލުވާދިނެވެ. އަދި ރައުނާއަކީ ވަރަށް ނިކަމެތި ކުއްޖެއްކަންވެސް ހާމަކޮށްދިނެވެ. ދޯންޏަށް ދިޔުމުން އެމީހުން އައިލެއް ލަސްކަމުން ދޯނިކުދިންތައް ޝަކުވާ ކުރިއެވެ.

" ކައްޕީ ... ކޮބާ ؟ އިންޖިން ކަންތަކާއި ގުޅިންތަ؟ "

" މާދަމާ ... ފެރީން .. ލިބޭނެހެން ހީވަނީ .... ވަރަށްބަލާނަމޭ .... ބުނި ... މަ އަދި ގުޅާނަމޭ .... އޯކޭ ... " ނަވީން ބުންޏެވެ.

" ކޮބާ؟ ރަށު ތެރެ ކިހިނެއްވަނީ ؟ "

" ނޭގެ ... ފެންވަރައިލައިގެން މިއައީ .... ކުޑަކޮށް ޙަސަންބެ ރައްޓެހިމީހާ އާ އަގަތަޅާ ލާފައި ..... ކަލޭމެން ނުފައިބަންތަ؟ "

" ހޮޓަލަށް ގޮސް ކޮފިބޮއެގެން މިއައީ .... އަދި އެއްވެސް ތަނަކަށް ނުދަން .... އެކަމަކު ހީވަނީ ވަރަށް ސަޅި ކުދިންއެބަ އުޅޭހެން ... " ލާނެއްކުއްޖަކު ބުންޏެވެ.

" ކޮންއިރަކުން ވަދުއަޅާލަން ފައިބާނީ ... " އެހެންކުއްޖަކު އަހާލިއެވެ.

" ފެންވަރައިލައިގެން ހިނގާ ދަމާދޯ...އެއްޗެއް އަތްވޭތޯ "

" އާނ ... ހުރިހާ އެންމެން ފެންވަރާ ނިމުނީ .... ކަލޭ ... ތިއިނީ އަގަތަޅަށް .... ތިވަރުން .... ވަދު އަޅާނީ .... " ނަވީންވެސް އެކުދިންގެ ވާހަކައިގައި ބައިވެރިވިއެވެ. އެންމެން މިކަހަލަ ވާހަކަތަކެއްގައި ތިބީއެވެ.

ރައުނާގެ ބައްޕަ އަލިފުޅުބެ ގެއަށް އައިރު ، ޙަސަންބެމެން ދޯންޏަށް ހިގައްޖެއެވެ. އޭނާއައީ މިރޭ ރަގަޅު ކާއެއްޗެއް ހަދާނެ ސާމާނު ގަނެގެންނެވެ. ރައުނާ އަށް ބައްޕަ ފެނުމުން އަހާލެވުނެވެ.

" ހާދަ އެއްޗެއްސެއް ... ބައްޕާ ؟ ... "

" މިރޭ ... އެމީހުންނަށް ކާންދޭންވާނެނު .... "

" އެމީހުން ބުނީ ނުކާނަމޯ .... މިރޭ ... ނިދާގަޑީގައި ކޮފީބޯނިއްޔޯ .... "

" ކޮފި އެބަހުރިތަ؟ "

" އާނ ..... އެންމެން ފަހުން ބައްޕަ ގަނެދިން ކޮފީއުރަ އޮންނާނެ .... އޭގާ ... ކޮފީ އެބަހުއްޓޭ ... ބައްޕާ ... "

" ބައްޕަ ... މިދަނީ ... ފެންވަރަން .... ދަރިފުޅު ... އެމީހުންނަށް ނިދޭނެ ގޮތް ހަދާފައި .... ތައްޔާރު ކޮށްފައި ބަހައްޓާތި އިގޭ .... "

" އެމީހުން ... ނިދަނީ މިގޭގާތަ؟ "

" އާނ "

ރައުނާ ވަރަށް އުފާވިއެވެ. އެއީ ނަވީނަށް ޚިދުމަތް ކުރެވޭނެކަން އެގުނީމައެވެ. އޭނާ ޖޯލީގައި އިދެގެން ނަވީން އާއި މެދު ވިސްނަނީއެވެ. އެއީ ކިހާ ސާދާ ފިރިހެނެއް ހެއްޔެވެ؟ ކިހާ ރީތި ހެއްޔެވެ. ކޮންކަހަލަ ހިތްގައިމު ކަމެއް ހެއްޔެވެ. ބުނެދޭން ވެސް ނޭގެއެވެ. އޭނާ ވިސްނި ވަރަކަށް ނަވީން ހުރިހާ ކަމެއް އެހިތު ތެރެއަށް ވަދެ ، އެހިތުން ހޯދަމުންދާ ޖާގަ އިތުރު ވަމުން ދިޔައެވެ.

" ރައުނާ ...ކޮންޚިޔާލެއްގައި ..... "

" އެއްވެސް ޚިޔާލެއްގައެއްނޫން ..... " އޭނާދިޔައީ ސިއްސައިގެންނެވެ.

" ބުނީމެއްނު ... ހަވީރު އަންނާށޭ .... ހިގާލަންދާން ... "

" ހަނދާންވެސް ނެތިފައިމިއިނީ ..... ހިގާދަމާދޯ .... "

" އެހެންއެބަ ހީވޭ .... މަލްހާ ... ބުނި މިއަދު ވަރަށް ސަޅި ފިރިހެނެކާ ވާހަކަދައްކަން އިނޭ .... ކާކުތަ؟ އެއީ .... "

" ކަންތަކާ ޖެހުނީ .. މަރީއަށް އެގޭތަ ؟ ބައްޕަ ރައްޓެހި ޙަސަންބެ އާ އެކު އައި ސޮރެއްއެއީ ..... މަލްހާ އެބުނީ ހަމަތެދެއް ...ވަރަށް ސްމާރޓް ފިރިހެނެއްއެއީ ..... "

" އަނެއްކާ .... ރައުނާ ގެ ހިތް ހަށިގަޑު ތެރޭ .... " އަތިރި މައްޗާއި ދިމާއަށް ހިގައިގަންނަމުން މަރީ ލާނަތްވެލިއެވެ.

" ސާބަހޭ .... މަރީ ... ހިތްއޮންނާނެނު .... ހިތްނެތިއްޔާ އަހަރެން މިހެން ހުންނާނެތަ؟ .... އެކަމަކު .... " ރައުނާ ބުނަންފެށި ޖުމުލަ މެދުކަޑާލިއެވެ.

" އެކަމަކު ... ބުނެބަލަ ... މައްސަލައެއްނޫނޭ .... "

" މަރީ .... އަހަރެންގެ ހިތް އަބަދުވެސް އެގެފަހުން ... ކޮންމެވެސް ކަމަކަށް އެދެހެން ހީވޭ .... "

" ކުޑަ ދަޅަކަށް ބައިވަރު ، އެއްޗެތި އަޅައިގެން މަތިގަޑު ހަމަނުޖެހިގެން އުޅޭހެން ހީވަނީ ދޯ .. "

" ހޫނ ... މަރީވެސް މިހާރު ހާދަ މޮޅޭ ދޯ ..... ހަމަ ތިބުނާ ކަހަލަ ގޮތެއް ވަނީ ..... މިރޭ ކޮފީ ބޯން އަންނާނަމޯ ބުނީ ... "

"ރައުނާ .... އަނެއްކާ .... ހަމަ މީހަކު ފެންނައިރަށް ހޭދެބައި ނުވައްޗޭ ..... ”

" ހޫނ .... މަރީ ދެން ހީކޮށްފާނެ ކޮންމެއެއްޗެއްވެސް .... " އަތިރީ ޖައްސާލަމުން އޭނާ ބުންޏެވެ.

" ދެން އެހެނެއްނޫން .... މީހުންބުނެ .... މިޢުމުރުގައި ވަރަށް ގިނަ ކުދިން މަގުއޮޅޭނޭ .... ދެންއެހެން ނޫނަސް ރައުނާ އަށް ދެރަގޮތެއްވުމަކީ އަހަރެން އެދޭނެކަމެއް ނޫން .... "

" މަރީ .... ދެންއެވާހަކަ ބާއްވާވަފައި ... ދެންއެހެންވާހަކައެއް ދައްކަމާދޯ ... "

" ކީއްވީ ؟ ހިތްހަމަ ނުޖެހުނީތަ؟ "

" ނޫން ... މަރީ ތިބުނީވެސް ތެދެއް .... އަހަންނަކީ ވެސް މިއަދު ވަރަށް ނިކަމެތި މިހެއް .... އެހެންވެ ، ރަގަޅުވާނީ .... ކުއްލިއަކަށް އަންނަ އެކަހަލަ އޮއެވަރުތަކުން ސަލާމަތްވުމަށް .... ކޮންމެވެސް އެހެންވާހަކައެއް ދެއްކީމާ ދޯ ... "

" ރައު .... އެއްކަލަ މަލްޙާގެ ބިޓް ... އެބައާދެޔޯ ..... "

" އަޞްލުވެސް .... ކޮންއިރަކުންނޯ ... މަލްޙާ ވެސް ގަދަކޮށްފިތާ ... "

" މަށޭ ކިޔައިގެން ކީކޭ ތިކިޔަނީ .... " މަރީއާއި ރައުނާގެ ވާހަކަ އަޑުއަހަން މަލްޙާ ހުރިކަމެއް އެދެކުދިންނަކަށް ނޭގެއެވެ. މަލްޙާ އެތަނަށް އައިރު އެދެކުދިން މާއޮލަވާހަކައެއްގައި ތިބިމާ އެކުދިންގެ ފުރަގަހުގައި މަޑުކޮށްލީއެވެ.

" އޯވ ... މަލްޙާ ... މީނަހާދަ ޢުމުރުވެސް ދިގޭ ... އަހަރެމެން މިދައްކަނީ މަލްޙާގެ ބިޓް އަންނަ ވާހަކަ .... "

" މަމިހުރީ އަޑުއަހާށޭ ... އެކަމު ބުނަން ... މަށަށްވުރެ ، ރައު މާކާމިޔާބު .... ހާދަ ސްމާރޓޭ ... އޭނަ .. ރައު ކާކުތަ؟ އެއީ ... އޯ މައި ގޯޑް .... ހާދަ ސަޅިއޭ ... ރައު ބޮޑިއަޅާފި ... ކިކޯތަ ކީ ... ރައު .... އަޅެ ޕްލީޒް .... ބުނެބަލަ! "

" ހޫނ ... ސާބަހޭ ... މަލްއަށް .... ދެންއެވާހަކަ ހުއްޓާލާ ...... މަލްގެ ބިޓް އަންނަނީ ކޮންއިރަކުން ... "

" އަންނަމަހު 01 ގާ ... ދެންބުނެބަލަ ... އެއީ ކާކު؟ ރައު ބުނެބަލަ ! "

" އެއީ އަހަރެމެންގެއަށް އަންނަ ޙަސަންބެ ގެ ރައްޓެއްސެއް .... ޙަސންބެއާއިއެކު އައީ ... މަށަކަށް ނޭގެ ކާކު ކަމެއް .... ކިޔަނީ ނަވީން ... "

" އޯ ..... ނަންވެސް އެހާސަޅި .... ދެންމިހާރު ކޮބާތަ؟ "

" މަރީ ... މަލްއަށް މިއުޅެނީ ޖުންޖުލާ ލައިގަނެގެންތަ؟ .... " މަރީ އާއި ރައުނާ ، މަލްޙާ އުޅޭގޮތުން ހީހީ ހަލާކު ވެއްޖެއެވެ.

ކުރީޢަދަދާއި ގުޅޭ 05 ޖުލައި 2012

" މިހާރު ވީ ދޯންޏަށް ގޮސް .... ދެންއަންނާނީ .... "

" ޢިޝާ ނަމާދުކޮށްގެން މިރޭ ކާންދާނީ ތިގެއަށް .... " މަލްޙާ އަވަސް އަރުވާލައިފައި ބުނެލިއެވެ.

" ސާބަސް ... މަލްއަށް ... މިރޭ އެމީހުން ކާކަށް ނާންނާނެ .... "

" ކިހިނެއްމަރީއަށް އެގެނީ ... "

" މިރޭ ..... ނުކާނަމޭ ބުނީ ... ކޮފީބޯން އަންނާނަމޭ ބުނި ..... "

" އެހެދޯ! ތިވީ މާރަގަޅަކަށްނު ..... "

" އޭ ... ދެންހިގާ ދަމާ ... މިހާރު އިރުވެސް އޮއްސިއްޖެ .... "

" އާނ! ދޮގެއްވެސް ނޫނޭ ދޯ !!! ... ހިނގާ ދަމާ .... އެކަމަކު ... ކޮފީ ހަދާދެން މައަންނާނަން ... "

" މަލް އަށް ފެންނަގޮތެއް .... "

" އަނެއްކާ ..،. ރައުނާ ބުނެފިއްޔާ އަހަރެމެން ނައިސް މަޑުވެސް ކޮށްފާނަން .... "

" އެޔޯ ... އަނެއްކާ ކިހިނެއްވީ ! "

" ދެން އެހެންބުނި އެއްޗެއް ނޫން ... ރައުނާ ... ވެސް ... ނަވީންއާއިއެކު .. އެކަނިވެރިވެލަން ބޭނުންނުވާނެކަމެއް ނޭގެއެއްނު .... " އެންމެން އެއްފަހަރާ ހޭންފެށިއެވެ. ރައުނާމެންގެއާ އަރާ ހަމަވީމާ ، މަރީ އާ މަލްހާވެސް "ސީ ޔޫ " އޭ ބުނެފައިފައި ދިޔައީ އެވެ.

ޢިޝާ ނަމާދު ކޮށްގެން އެންމެން ހޮޓަލުން ކައިގެން ބަނދަރުގައި ހުރި ޖޯއްޔެއްގައި ތިބި އަނގަތަޅާށެވެ. ނަވީންވެސް ދޯނިމީހުންނާއިއެކު އަގަތަޅަން އިދެފައި އައީ ދޯންޏަށެވެ. ދޯންޏަށް އައިސް އެއްޗެތި ބަދަލު ކޮށްލައިގެން އައިސް ، އެމީހުންނާއެކު ، ތާސްކުޅެންފެށީއެވެ. ކުޑައިރުކޮޅެއްފަހުން ޙަސަންބެ އައުމުން ޙަސަންބެއާއިއެކު ، އޭނާ ދިޔައީ ރައުނާމެން ގެއަށެވެ.

އެމީހުން އެގެއަށް ދިޔައިރު ، ޢަލިފުޅުބެ ނިދައިފިއެވެ. ރައުނާ ޖޮލީގައި އޮށޮއޮވެލައިގެން ކޮންމެވެސް ކަމަކާ ފިކުރު ކޮށްލަ ކޮށްލާ އޮތެވެ. ނަވީންއައިސް ޖޯލީގައި އިންކަމެއްވެސް އޭނާއަކަށް ނޭގުނެވެ.

" ކޮއްކޯ ! ނިދަނީތަ؟ " ރައުނާ ދިޔައީ ސިއްސައިގެންނެވެ.

" އަހާނ! ޙަސަންބެމެން އައީދޯ .... ކޮފީ ހަދަންތަ؟ ... "

" ކުޑައިރުކޮޅަކުންދޯ ! "

"އާނ! އެންމެރަގަޅު .. .. ޙަސަންބޭ ... ކޮޓަރި ހުންނާނީ ތައްޔާރުކޮށްފައި ..... ދެމީހުންނަށް ނިދޭގޮތަށް .... "

" އާނ ... ތީދެން އަހރެންއައިސް ފިނަމަ ... އާދައެއްނު .... "

" ހަސަންބޭ .... ދޯނިމީހުންނަށް އެގޭނެތަ؟ އަހަރެމެން ނިދާނީ ... އެއްގަމުގާ ކަން .... "

" އާނ! ކީއްވެ ނޭގެންވީ ... އަހަރެމެން ކަނޑުމަތީގައި ނޫނިއްޔާ ދޯނީގާ ނުނިދާކަން ހުރިހާ އެންމެން ވެސް ދަންނާނެ ..."

" މިހެންމިބުނީ ... މަށެއް މިރޭ އަކު ... ނުބުނަމޭ .... އެއްގަމުގައި ނިދާނަމެކޭ ... "

" އެއީ ... މައްސަލައެއްނޫނޭ .... ދޯ! ރައުނާ ... "

" އައްސަލާމްޢަލައިކުމް .... "

" ވަޢަލައިކުމް ސަލާމް " ރައުނާ މަޑުމަޑުން ބުންޏެވެ. އެއީ މަރީ އާއި މަލްޙާއެވެ. ލާނެތް ދެކުދިންނެވެ.

" ކޮބާ؟ ޙަސަންބޭ ... ކިހިނެއްތަ؟ " މަރީ ހަސަންބެ ކައިރީ ޙާލު އޮޅުންފިލުވާލިއެވެ.

" ރަގަޅޭ ... ތިކުދިން ކިހިނެއްތަ؟ "

" ރަގަޅޭ ... ހާދަދުވަހެއް ކޮށްލާފައި ތިއައީ "

" މިރަށް ކައިރިން ދަނިކޮށް އިންޖީނުގެ މައްސަލަ ޖެހިގެންއައީ ..." އެދެކުދިންވެސް މިހާރު ޖޯލީގާ ޖައްސާ ލައިފިއެވެ.

" ޙަސަންބޭ .... މިއީ ކޮން ބިޓެއްތަ؟ " މަލްޙާ ޙަސަންބެގެ ކަންފަތް ދޮށުގާ ސިއްރުން އަހާލިއެވެ. ޙަސަންބެ ކައިރިއަށް ކުޑަކޮށް ހިނިވެސް އައެވެ. މަލްޙާ އުޅޭ ގޮތުން މަރީއާއި ރައުނާ އިނީ ހީހީ ހަލާކު ވާވަރުވެފައެވެ.

" އެއީ ދޯނި ކެޕްޓަން .... ނަވިން ... " ޙަސަންބެވެސް ހަމަ އެގޮތަށް ބުނެލިއެވެ.

" ޙަސަންބޭ ... އެބައަންނަން ގިފިއްޔަށް ވަދެލާފައި ... " ނަވީން ތެދުވެގެން ގިފިއްޔާ ދިމާއަށް ދިޔައެވެ.

" ޙަސަންބޭ ... ހާދަ ސަޅި ބިޓެކޭ ... މީހަކާ އިދެގެންތަ؟ އުޅެނީ .... " ޙަސަންބެ ހިތަށްއެރިއެވެ. މިޖެހުނީ ބޮޑު ތަނާ ތާއެވެ.

" މިއަހަރު 12 ނިންމާފައި އެރީ ދޯންޏަށް ... "

" ކިޔަވައިގެންހުރި ސޮރެއްދޯ! " މަލްޙާ ހިންދިރުވާލާފައި އަހާލިއެވެ. ރައުނާއާއި މަރި ހަމަހެނީއެވެ.

" ރައުނާ .. ކީއްވެ؟ ތިހެނީ .... "

" މަލްޙާ .. ހިނިނާންނަ ވަރެއްނޫނެއްނު ... " މަރީއަށް ނީދެވިގެން ބުނެލިއެވެ. ޙަސަންބެ އެކުދިން ނަވީންއާއި ބެހޭގޮތުން ކުރި ހުރިހާސުވާލަކަށް އެއްވެސް ފޮރުވުމެއްނެތި ޖަވާބުދިނެވެ. ނަވީންވެސް ގިފިލީގައި ހުރެގެން އެކުދިންގެ ވާހަކަތައް އަޑުއަހަމުން ދިޔައެވެ. ޙަސަންބެގެ ފަރާތުން އެކުދިންނަށް އެގުނީ ނަވީން އަކީ މާލޭގެ ރަގަޅުޢާއިލާއެއްގެ ކުއްޖެއްކަމެވެ. އަދި އަޚްލާޤު ރަގަޅު ، ހުރިހާ ޢުމުރެއްގެ މިހުންނާއިގުޅޭ މީހެއްކަމެވެ. ތަޢްލީމީ ޒުވާނެއްކަމެވެ. ނަވީންއަކީ އަދިމިހާތަނަށް އެއްވެސް ކުއްޖަކާއި ރައްޓެހިނުވެ ، ހުރި ޒުވާނެއްކަމެވެ. ނަމަވެސް މިހާރު އޭނާގެ ހިތުގައި ލޯބީގެ ޓަކިތަކެއް ޖެހެމުންދާކަމަށް ނަވީންގެ ވާހަކަތަކުން ޙަސަންބެއަށް ދޭހަވާ ކަމެވެ.

" ރައުނާ ... ކޮފީ ހަދަންއުޅެމާ ދޯ !!1 " ނަވީން ގިފިލިން ނުކުންނަމުން ބުނެލިއެވެ.

" ހޫނ ..... އޭ ... ކޮފި ހަދަން ހިނގާ! މިހާރު ލައްކަ ގިނަވާހަކަ ދެއްކިއްޖެއެއްނު ... "

" ހިނގާ ... " ތިންކުދިން ކޮފީ ތައްޔާރު ކުރަމުންދިޔައިރުވެސް ތަޅަމުންދާ އަގަޔަކަށް ހުއްޓުމެއް ނާދެއެވެ. ނަވީން ، ހަސަންބެ ކައިރީ އިށިއިނުމުން ޙަސަންބެ އެކުދިންގެ ވާހަކަތައް ކިޔާދޭންފެށިއެވެ.

" މަށަށް ފާކާނާއިން ނުނުކުމެވިފައި މިހުރީވެސް ތިކަމާހެދި .... އެހެންވެ ، ކޮފި ބޯ ވާހަކަ ފެށީވެސް ... މަށަށް އެކަން އެކުދިން މައިތިރި ނުވާނެކަން .... "
=ނުނިމޭ=


ކިޔުންތެރިންގެ ޚިޔާލު...


ނަން :