ދަރިން ތަރުބިއްޔަތު ކުރުމުގައި މައިން ބަފައިންގެ ދައުރު - ދެވަނަބައި

އިބްރާހިމް މުޙައްމަދު / ލިޔާގެ ބ. ތުޅާދޫ | 22 ފެބުރުއަރީ 2020

އަޚްލާޤު ރަގަޅު ދީންވެރި މަޑުމޮޅު އަންހެނުންނަކީ ދުނިޔޭގެ އަންހެނުންގެ އާބާދީގެ 19 އިންސައްތަ އޭ ދަންނަވާލުން ކުށަކަށްވާނަމަ ، އަޅުގަޑަށް ނިހާޔަތަށް މަޢާފު ކުރައްވާށެވެ. އާނއެކެވެ. އެއީ އެހާވެސް މަދުބައެކެވެ. ނަމަވެސް މިދެންނެވި ސިފަތައް ހުރި އަންހެނަކު އިޚްތިޔާރު ކުރުމުގައި ކެތްތެރިކަމާއި އެކު ވިސްނާ ފިކުރު ކޮށްލަން އެބަޖެހެވެ. މިހެންމިދަންނަވަނީ މިދެންނެވި ސިފަ ދައްކައިގެން އުޅޭ އަންހެނުންގެ ގިންތީއެއް މި މުސްލިމު ދިވެހި މުޖުތަމަޢުގައި ވެސް ހިރަފުސް ޣަޑެއްހެން ނަމަވެސް އުޅެމުން ދާކަން އެގޭތީއެވެ. ﷲ އިންސާނާ ޚަލުޤުކުރެއްވި މާތް މަޤާޞިދު އޮޅުވާލާ މަޑުތަންމަތި ފަޅުފިލުވަމުން ، ޙަރާމުގޮތުގައި ދިރިއުޅުން ތަރައްޤީކޮށް އުޅެން ޖެހިފައިވާ އަންހެނުން މަދެއް ނޫނެވެ. ދިރިއުޅުމުގައި ދިމާވާކަމަކުން މާޔޫސްވެ ، އޭނާގެ ޢިއްފަތްތެރިކަން އެހީތެރިވުމުގެ ނަމުގައި ބޭނުންކޮށް ބޮލެކްމައިލުގެ ސިކާރައަކަށް ވަމުންދާ ނިކަމެތި އަންކުދިންގެ ވިސްނުމުގައި ފިރިންނަށް ދޭ ޤަދަރަށް ވުރެ ބޮޑުޤަދަރަކާއި ވަގުތުތަކެއް އެމީންގެ ވަގުފިރިންނަށް ދޭން ޖެހޭ ކަމަށް ޤަބޫލު ކުރާ އަންހެނުންނަށް ވުރެ ނިކަމެތި ވެ ގަންނަ ބަޔަކު އުޅޭނެ ތޯއެވެ. މިކަމުން ސަލާމަތްވެވޭނެ މަގު އެމީހުންގެ ވިސްނުމަށް ނާންނަނީ އަކީ އެއްނޫނެވެ. މިޒަމާނުގައި މިކަންކަމުން ދުރުވުމަށް ބޭނުންނުވާ ކޯލުތައް ބްލޮކް ކޮށްލެވިދާނެއެވެ. ފިރިމީހާއަށް މިވާހަކަ ސެއަރ ކޮށް މިކަމުން ސަލާމަތް ވުމަށް ފިރިމީހާގެ މަޝްވަރާވެސް ހޯދިދާނެއެވެ. އޭގެ ބަދަލުގަ އެފަދަ ނާޖާއިޒު ފައިދާ ނަގާ ފިރިހެނުންގެ ބަސް ޤަބޫލުކޮށް ފިރިމީހާގެ ބޮލުގައި އެތައް އިލްޒާމްތަކެއް އަޅުވައި ފައި ޖެންޑަރ ގައި ކޮންމެވެސް ކަމެއް ފައިލު ކޮށްލާނެއެވެ. މިއީކި އަދި މިކަން މިކަން ޙައްލު ކުރަންވީ ގޮތެއް ނޫންދޯއެވެ. މިފަދަ އަންހެން ކުދިންނަކީ މައިންބަފައިންނަށް އިޙުތިރާމު ކުރުމުގެ ބަދަލުގައި އެމީން ލަދުގަންނަވާ ބަދުނާމް ކުރުމަށްވެސް ފަސްނުޖެހޭނެ ކުދިން ކަމަށް ޤަބޫލު ކުރަން އެބަޖެހެވެ. އެމީހެއްގެ މައިންބަފައިންނަށް ވުރެ އެހެން ބައެއްގެ ބަސް ޤަބޫލުކުރާ އެއްވެސް މީހަކަށް ﷲ ހެޔޮގޮތެއް އިރާދަ ކުރައްވާނެ ބާވައެވެ. މައިންބަފައިން ގެ ކަރާމާތަކީ އިންސާނީ ދަރިފަސްކޮޅު ހެޔޮވުމުގެ ދޮރޯއްޓެވެ. ދިވެހި އަންހެން ކުދިން މިފަދަ ކަންކަމާއި މެދު ވަރަށް ބޮޑަށް ވިސްނާން އެބަޖެހެވެ.

އެހެން ކަމުން ރަގަޅު މަންމައެއް ޚިޔާރުކުރުމަކީ ވަރަށް މުހިއްމު ކަމެވެ. އެއީ ކުއްޖާގެ ތަރުބަވީ ފުރަތަމަ އުނގެވެ. ޚިޔާރު ކުރެވޭ ބައިވެރިޔާއަކީ މިފަދަ ކުއްޖަކަށް ނުވެދާނެއެވެ. އެކަމަކު އެކުއްޖަކަށް ހެދުމަށް މަސައްކަތްކޮށްފި ފިރިއަކަށް ދެދުނިޔެ ލިބޭނެކަމީ ޝައްކެއްވެސް އޮންނާނެ ކަމެއްނޫނެވެ. ރަގަޅުމަންމަ އަކަށް ވުމަށް ޓަކައި ކުރެވިދާނެ ކިތައްމެ ކަމެއް ހުންނާނެއެވެ. ފުރަތަމަ ކަމަކީ ފިރިމީހާ ދެމެދު އޮންނަ ގުޅުމަކީ ﷲ އަށް ޓަކައި ރަގަޅުކުރާ ގުޅުމަކަށް ހެދުމެވެ. އަޚުލާޤީ ރީތި ފޭރާމުން ޖަރީކޮށް މަސްލަޙަތު ގެ ވާވަށުން ބަދެލާ ބަދެލުމަކަށް އެގުޅުން ހެދުމަށް އިސްކަން ދެވިދާނެއެވެ.

ރަގަޅުމަންމަކަށް ވުމަށް ޢަޒުމު ކަޑައަޅައި ނޫޙުގެ ފާނާއި ، ލޫޠުގެފާނު އަދި އިބްރާހީމުގެ ފާނާއި އިސްމާޢީލުގެ ފާނުގެ ވާހަކައިން ޢިބުރަތްޙާޞިލު ކުރާ ބަޔަކަށް އަޅުގަޑުމެންގެ އަންހެންކުދިން ހަދަން އެބަޖެހެވެ. އަދި ފިރިހެންކުދިންނަށް ވެސް މިބޭކަލުން ގެ ސީރަތުން އެތައް ޢިބްރަތެއް ލިބިގަނެވިދާނެއެވެ.

=ނުނިމޭ=


ކިޔުންތެރިންގެ ޚިޔާލު...


ނަން :