ދަރިން ތަރުބިއްޔަތު ކުރުމުގައި މައިން ބަފައިންގެ ދައުރު

ޢިބްރާހިމް މުޙައްމަދު / ބ. ތުޅާދޫ | 19 ފެބުރުއަރީ 2020

އިސްސާނީ ދަރިފަސްކޮޅަކީ އިންސާނީ ޙަޔާތުގެ މާބަގީޗާގައި ފޮޅޭ އެންމެ ވަސމީރު އެންމެ ކުލަރީތި މާމެލާމެލި ކަމުގައި ލޮބުވެތި ކުޑަކުދިން އެ އާބާދީއެއްގައި ވަރަށް ގިނަ ބައެކެވެ. އެއީ އިންސާނީ ޙަޔާތުގެ ރައުސުލްމާލެވެ. މިއާބާދީ ހެޔޮ ކުރުމަށް ﷲ ޒިނޭ ޙަރާމު ކުރައްވައި ކާވަނި ޝަރުޢު ކުރެއްވީ މިދެންނެވި ޙިކުމަތަށްޓަކައެވެ.

ކާވަނިވާ ދެމަފިރިންނަކީ ﷲ އެންގެވި ގޮތަށް އުޅޭ އަޚުލާޤު ރަގަޅު ބަސްމަގު ރިވެތި އުޅުންހުރި ގުޅުން ހުރި ﷲ ޙަރާމު ކުރެއްވި ކަންކަމުން ސަލާމަތްވާން ދަންނަ ކެތްތެރި ވާން ޖެހޭ އެންމެ އަސާސީ އަސްބާބަކީ އިންސާނީ ޖީލު ހެޔޮލަފާ ޞާލިޙު ޖީލަކަށް ހެދުމެވެ. އަދި ﷲ އެކަމެއް ޙަރާމު ކުރެއްވުމުން އެކަމަކީ ތިމާގެ އުނގު ފައިސާއިން ފުރާލެވޭ ޝަހުވަތުން ގިރިޓީ ކުރެވޭ ކަމެއް ކަމުގައިވިނަމަވެސް އެކަމެއް ދޫކޮށް ނުލެވުނު އަންހެނަކާއި ފިރިހެނަކަށް ލިބޭނެ ޢަޛާބެއްގެ އަބާއްޖަވެރިކަމާއިއެވެ. އެހެންކަމުން ދަރިން ހެޔޮގޮތުގައި ރުކުރުވާލެވޭނީ ﷲ ގެ މަގުގައި ޘާބިތުވެގެންނެވެ.

ރަގަޅު މަންމައެއްގެ ދައުރަކީ ކުދިންނަށް އެންމެ މުހިއްމު ދައުރެވެ. އޭނާއަކީ އޭނާގެ އަތާއި ދުލުން އެންމީހުންނާއި ފިރިމީހާއާ ދަރިން ސަލާމަތް ކުރުމުގެ ވިސްނުން ހުރި ޞާލިޙު މީހަކަށް ވާންޖެހޭނެއެވެ. ޞާލިޙުމީހަކަށް ވަނީ ނަމާދު ކޮށް ﷲ ޝަރުޢު ކުރެއްވި ކަންކަން ކުރުމުގައާއި ދުނިޔޭގެ ރީތި އުޅުމުގައި ﷲ އަށް ޚުޝޫޢަތާއި އެކު މުޢާމަލާތްކޮށް ، އަމާބުނީ މާ ފަރަށް ދާހެން ކަން ކޮށްގެނެއް ނޫނެވެ. ﷲ އެންގެވި ގޮތަށް އުޅޭ އަންހެނެއްގެ ދުލުން ހަޑިހުތުރު ބަސް ބޭރެއް ނުވާނެއެވެ. އެމީހެއްގެ ފިރިމީހާއަށް އިޙުތިރާމު ކުރާނެއެވެ. ދެމަފިރިންގެ ގުޅުމުގެ ވާހަކައެއް ނުދައްކާނެއެވެ. އެކަކު އަނެކުންގެ މައްޗަށް ހިތް ޚާލިޞް ވާނެ ގޮތަކީ ކޮބާކަން ބަލާ އެގޮތަކަށް ރުޖޫޢުވާނެއެވެ.
=ނުނިމޭ


ކިޔުންތެރިންގެ ޚިޔާލު...


ނަން :