ގޮއިދޫއާއި ދަރަވަންދޫއަށް ޖަނަރޭޓަރެއް ގެނެސްފި

ހިތާދޫ އޮންލައިން | 18 ފެބުރުއަރީ 2020





ބ. އަތޮޅުގެ ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަންގެ ޚަރަދުގައި ބ. ދަރަވަންދޫ އާއި ގޮއިދޫއަށް އާ ޖަނަރޭޓަރު ސެޓެއް ގެނެސްފި އެވެ.

ފެނަކައިން ބުނި ގޮތުގައި ރަށްރަށަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތަކީ އާބާދީއިތުރުވަމުން އަންނަ ރަށްތަކުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އަދި ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތައް ދިމާވާ ރަށްތަކާއި މަރާމާތުކުރަންޖެހޭ ނުވަތަ މައްސަލަތައް ދިމާވާ ޖަނަރޭޓަރުތައް ހުރި ރަށްތަކަށްވެސް ފެނަކައިން އަންނަނީ ޖަނަރޭޓަރު ފޯރުކޮށްދެމުންނެވެ.

ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބ.ގޮއިދުއަށް ފޮނުވާފައިވަނީ 250 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އަދި ބ.ދަރަވަންދުއަށް ފޮނުވާފައިވަނީ 800 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :