ރިޒޯޓެއްގެ މުވައްޒަފުުން ލޯންޗަށް ފަތުރުވެރިންގެ ދަބަސް އަރުވަނީ

ރިޒޯޓު ބޯއީސް އަށް ހުޅުވާލެވިފައިވާ ސިޓީ! އެއްވަނަ ބައި

ހިތާދޫ އޮންލަިއން | 18 ފެބުރުއަރީ 2020





ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މާއިނާރު، ރަންބިސް އަޅާ ކުޅުގެ ފުޅުމައިންނާއި ބަފައިންގެ ގޮތުގައި ރެޔާއި ދުވާލު ހިތްވަރާއި އެކު ބުރަ މަސައްކަތް ކުރުމުގައި ދެމިތިބޭ ދިވެހިފަސްގަނޑު އެބަޔަކަށް ފަޚްރުވެރިވާ ލޮބުވެތި ރިޒޯޓު ބޯއީންނަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރާއި މުބާރަކްބާދީ އަދި ހަމްދަރުދީ އާއި އެކު ސަލާމް ދަންނަވައި މިސިޓީ ލިޔެލަމެވެ.

ފަޚުރުވެރި ލޮބުވެތި ހިތްވަރުގަދަ ޖޯޝުން ފުރިގެންވާ ނޫކަށި ޒުވާންނުންނެވެ. އަޅުގަނޑު މި ސިތީ ލިޔެލަނީ ތިޔަ ކުދިންގެ އިޙްސާސްތައް ދެނެހުރެއެވެ. އަޅުގަނޑަކީ މިއަދު ތުނބުޅިއާއި ބޮލުގައި ނުރަޖަހާފައިވާ މިހެއްނަމަވެސް އަޅުގަނޑު ނޫކަށިކަން ފިލައި ދިޔައީ ހަމަ ތިޔަ ސިނާޢަތުގައި މަސައްކަތް ކުރަނިކޮށެވެ. ފުރަތަމަވެސް ފުއްމާލެވުނީ ހަމަ ތި ސިނާޢަތަށެވެ. ޒުވާންކަމުގެ ޒޯޝު ފުޅަށްބުޑަށް އޮއްސުނީވެސް ހަމަ ތި ސިނާއަތުގައި މަސައްކަތް ކުރަނިކޮށެވެ. ގިނަގުނަ ތަޖުރިބާތަކެއްވެސް ލިބުމަށްފަހުގައެވެ. މިއަދު އަޅުގަނޑަކީ ތި ސިނާއަތު ދޫކޮށްގޮސްފައިވާ ތިޔަ ކުދިންގެ ބަފައެއް ކަމުގައި ދެކި ކޮންމެވެސް ނަސޭޙަތެއް ދޭން ގަޞަތު ކުރަމެވެ.

ލޮބުވެތި ދަރިންނެވެ. ވިސްނާ ފިކުރުކުރަން ކީރިތި ޤްރްއަންގެ ތަކެއް އާޔަތެއްގައި އަންގަވާފައިއެވެ. އެހެންކަމުން ތިޔަ ކުދިންވެސް ކަންކަމާއި މެދު ފުންކޮށް ވިސްނާށެވެ. ވިސްނާ ފިކުރު ކުރުރުމުގެ ކުރިން އެއްވެސް ކަމެއް ނުނިންމާށެވެ. ދިވެހި ޅެންބައިތުގައި ވާފަދައިން "ވިސްނުމެއްނެތި ކޮށްފިކަމަކުން އެންމެފަހަރު ދޭހުގާ، ގިސްލަމުން ހިތި ކަރުނަ އޮހޮރަން ޖެހިދެއޭ އުމުރަށް މުޅިން" ތިޔަ ކުދިންން ނިންމާ ނިންމުކަކީ އުމުރު ދުވަހު ހިތި ކަރުނަ އޮހޮރަން ޖެހިދާނެކަމަށް ވެދާނެއެވެ.

ލޮބުވެތި ދަރިންނެވެ. ކީރިތި ޤްރުއާންނުގެ ނާސި ޝޫރަތުގެ ފަހު އާޠަތުގެ މާނައާއި މެދު ފުންކޮށް ވިސްނާލާށެވެ. އޭގެ މާނައިގާ ވެއެވެ. "އިންސާނުންނާއި ޖިންނީންގެ ތެރެއިން ވާ ޝައިޠާނާއެވެ." މިއިން އެނގޭ އެއްޗަކީ އިންސާނުންގެ ތެރޭގައިވެސް ޝައިޠާނުން އުޅޭނެކަމެވެ. އިންސާނާވެސް ވަކި ހިސާބަކަށް އަމަލުތަށް ބައްޓަން ވުމުން އޭނާވެސް ޝައިޠާނުންގެ ގިންތީގައި ހިމެނޭނެކަމެވެ.

ލޮބުވެރި ދަރިންނެވެ. މިއަދުގެ ސިޔާސީ މަޝްރަހުގައިވެސް އެކި ސިފަސިފައިގާ އިންސާނުންގެ ސޫރައިގާ ޝައިޠާތުން ހަރަކާތްތެރިވަމުން އެބަދެއެވެ. މި ޝައިޠާނުންނާއި އިންސާނުންނާއި ހުރި ތަފާތު ދެނެގަންނަނަށް އެހާ ފަސޭހައެއް ނުވާނެއެވެ. ނަމަވެސް ހަފަރާތާއި މެދު ވިސްނާ ފިކުރުކޮށް ބަލައި މީހަކަށް މިޝައިޠާނުން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ.

ލޮބުވެތި ދަރިންނެވެ. ފުންކޮށް ވިސްނާ ފިކުރު ކުރާށެވެ. ޖަޒުބާތުގައި ޖެހިގެން ޝައިޠާނާގެ ބަސް އަހައި ތިބާގެ މުޅި ޙަޔާތް ބަރުބަދުވެގެން ދާވަރުގެ ކަމެއް ނުކުރާށެވެ.
=ނުނިމޭ=


ކިޔުންތެރިންގެ ޚިޔާލު...


ނަން :