އަންވަރު މުޙައްމަދު ޕްރައިމަރީގެ ކެމްޕޭން ޕޯސްޓަރެއް ފޮޓޯ-ހިތާދޫ ައޮންލައިން

ޕްރައިމަރީން ބެލިވި އަންވަރު ހަޖަމުނުގެން ކައުންސިލަށް ކުރިމަތި ލައިފި

ހިތާދޫ އޮންލަިއން | 17 ފެބުރުއަރީ 2020





މިއަހަރު އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިޚާބުއި އެމްޑީޕީގެ ޓިކެޓުގައި ބ. ހިތާދޫ ކައުންސިލަށް ވާދަ ކުރާނެ ކެނޑިޑޭޓުން ހޮވުމަށް ހިތާދޫގައި ބޭއްވި ޕްރައިމަރީން ދެތިންވޯޓުން ބަލިވުމުން އެކަން ހަޖަމު ނުވެގެން އެމްޑީޕީގެ މިހާރުގެ ކައުންސިލު މެންބަރ އަންވަރު މުޙައްމަދު އަމިއްލަ ގޮތުން ކައުންދިލު މެންބަރު ކަމަށް ކުރިމަތި ލައިފިއެވެ.

ކައުންސިލު މެންބަރު އަންވަރު މުޙައްމަދު ވިދާޅުވީ އޭނާ އަމިއްލަ ގޮތުން ކުރިމަތި ލައްވަން ނިންމެވީ ޕްރިމަރީގައި އޭނައާއި އިދިކޮޅަށް ކަނޑިޑޭޓަކު އެންޓި ކެމްޕޭން ކޮށްފައިވާތީ ކަމަށެވެ. ނަމަވެސް އެކަން ކުރީ ކާކަމެއް އަދި ކުރީ ކޮންގޮތަކަށް ކަމެއް އޭނާ ހާމައެއް ނުކުރެއެވެ.

މެންބަރު އަންވަރު ޕްރައިމަރީގެ ކެމްޕޭނުގައި ތަކަރާރުކޮށް ވިދާޅުވެފައިވަނީ އޭނާ ޕްރައިމަރީން ފެއިލުވިއަސް އެމްޑީޕީއާއި އެކު ހުންނަވާނެ ކަމަށާއި ޕާޓީގެ މެންބަރުން ނިންމަވާ ކޮންމެ ގޮތަކަށް ރުހިގެން ހުންނާނެ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ރޫހާއިއެއްގޮތަށް ކަމަށްވެސް ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

ހިތާދޫ އޮންލައިންނާއި ވާހަކަ ދެއްކި އެމްޑީޕީ ސަޕޯޓަރުން ބުނީ އަންވަރުގެ އެނިންމުމަކީ ވަރަށް ނާތަހުޒީބު ފިނޑި ނިންމުމެއް ކަމަށާއި އޭނައަށް ޕަރީމަރީގައި ވޯޓުދިން މީހުންނަކީ ހަމަ އެމްޑީޕީގެ މެންބަރުން ކަމަށެވެ. މިކަމަކީ އެމްޑީޕީއާއި އިދިކޮޅު ބަޔަކު އޭނަގެ ބޮލަށް އެރިގެން އެމްޑީޕީ ބައިބައި ކޮށްލަން ރާވައި އޭނަގެ ކަރަށް މަހާލި މަޅިއެއްކަށްވެސް އެމީހުން ބުނެއެވެ.

"ބަލަން ހުރޭ އަންވަރު ތިބުނާ އާނުދޮށްމަގު ކޮޅު މީހޫން އޭނައަށް ދޭނީ ރީތި ބޮނޑިއެއް. މިއަދު އެސޮރު ހައްދައިގެން ވޯޓު ދޭނަމޭ ކިޔައިގެން އެއުޅެނީ އެމްޑީޕީ ބައިކުރެވޭތޯ. އެކަމެއް އިދިކޮޅު މީހުންނަކަށް ނުވާނެ އިރާދަކުރެއްވިޔާ. ޚުދު އޭނަގެ އަންހެނުންގެ އާއިލާގެ މީހުންވެސް ތިބީ ވޯޓު ދޭގޮތަކަށް ނޫން.."

ކޮންމެ ކައުންސިލު އިންތިހާބަކާއި ދިމާކޮށް އިދިޅުން އެމްޑީޕީގެ އާއިލާތަށް ރޫޅާލައި ބައިބައި ކޮއްލަން އަންނަނީ އެތަށްކަމެއް ރާވަމުންނެވެ. އެގޮތުން ދޭތެރެ ޖެއްސުމަށް ދޮގުވާހަކަ ދެއްކުމާއި އެމްޑީޕީއަށް ނިސްބަތްވާ އާއިލާތަކުން މީހުން ކައުނަސިލަށް ނެރި އާއިލާތަކުގެ މެދުގައި ފިތުނަ އުފެއްދުން ހިމެނެއެވެ.

އެމްޑީޕީ ކެނޑިޑޭތުން ބުނީ އެމީހުންގެ އާއިލާތަކާއި އެމީހުން ތިބީ ވަރަށް ޘާބިތުކަމާއި އެކު ކިތައްމެ ފިތުނައެއް އުފަންދާ ދޭތެރެ ޖައްސަން މަސައްކަތް ކުރިއަސް ގުޑުވާ ނުލެޥޭވަރަށް ބަދަހިކޮށް އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި އިދިކޮޅުން ކިތައްމެ ކުޑަ ވާހަކައެއް ދެއްކިޔަސް ހޫނު ކަންމަތީ ހުރިހާ ކެނޑިޑޭޓުންނާއި ކެމްޕޭނު ޓީމާއި ހިއްސާވެގެން ދާނެކަމަށެވެ.

އަންވަރުގެ މި ނިންމުގައ ސަބަބަުން ގިނަބަެއްގެ ފާޑުކިޔުންތަށް އަންނަނީ އޭނާއަށް އަމާޒުވަމުންނެވެ/.


ކިޔުންތެރިންގެ ޚިޔާލު...


ނަން :